English Edition
Dhivehi Edition

ސައޮ ޕައޮލޯގެ ރޭތައްދުވާލެއްފަދައިން ދިއްލިފައިވާ އެމޭޒަން ރެއިންފޮރެސްޓް އަނދާ އަޅިއަށް ހަދަމުންދާ އަލިފަންގަނޑު ޖައްވުން ފެންނަމުންއެބަދެއެވެ.

ވޯލްޑް މީޓެރެއޮލޮޖިކަލް އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތަކުންދައްކާގޮތުގައި  ބްރެޒިލްގެ އުތުރުގައި އޮންނަ އެމޭޒަން ޖަންގަލީގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ފެތުރިފައިވާ ދުންގަނޑު ވަނީއެތައްހާސް މޭލަށް ހުރަސްކޮށް ރިއޯޑެ ޖެނެރިއޯ އާހަމައަށް ދަތުރުކޮށްފައެވެ.

މިދިޔަ ހޯމަދުވަހުގެ މެންދުރުފަހު ސައޮ ޕައުލޯގައި ނަގާފައިވާ ފޮޓޯތަކުުންދައްކަނީ 1700މޭލު ކަޑައްތުކޮށް ދަތުރުކޮށްފައިވާ ގަދަ ދުންގަނޑާއި އެކީ މުޅިއެސިޓީ ކަޅުއަނދިރީގައިވާތަނެވެ. ބްރެޒިލްގެ ސްޕޭސް ރިސާޗް ސެންޓަރ އިން ބުނާގޮތުގައ، މިއަހަރު ފެށުނުފަހުން 72000 އަލިފާންގަނޑު ރޯވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާހަމައަށް 9500 އަށްވުރެ ގިނަ ގަދަ އަލިފާންގަނޑު ވަނީ އެމޭޒަން ޖަންގަލީގައި ރޯވެފައެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރުގެ މެދާހަމައިން ޖަންގަލީގައި ރޯވާ އަދަދު %83 މައްޗަށް ގޮސްފައިވާކަމަށް ވެސް އެސެންޓަރ އިން މައުލޫމާތު ދެއެވެ.

ދުންގަނޑުގެ ސަބަބުން ބްރެޒިލްގެ އުތުރުގެ ހިސާބެއް ކަމަށްވާ ރޯރައިމާ މުޅިން އަނދިރީގައިވާއިރު، އެމޭޒޯނަސް ގައިވަނީ މިހާރު ކުއްލިހަލަތުވެސް އިއުލާންކޮށްފައެވެ.

ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބައެއް މީހުން ވަނީ އެމެޒޯންގައި ރިކޯޑު އަދަދަކަށް ހިނގާ އަލިފާނުގެ ހާދިސާތައް އިތުރުވެފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފައެވެ. އެމީހުން ވަނީ އެމެޒޯންއިން ގަސްގަހާގެހި ކެނޑުމަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އެފަދަ އެހެން ފަރާތްތަކުން ހިތްވަރު ދިނުމުގެ ސަބަބުން ދަނޑުވެރިން ގަސްދުގައި އެސަރަހައްދުގައި ހުޅުޖަހަނީކަމަށްވެސް ތުހުމަތުކޮށްފައެވެ.

އެމެޒޯން ރެއިންފޮރެސްޓަކީ ދުނިޔެ ހޫނުވުން ދުރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދަކަށްވާއިރު ދުނިޔެއަށް ބޭނުންވާ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެ ސަރަހައްދުންނެވެ.

އެމެޒޯން ރެއިންފޮރެސްޓް އަނދަމުންދާތީ ފްރާންސްގެ ރައީސްވެސް ވަނީ މިއީ ބައިނަލްއަގްވާމީ ކާރިސާއެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރުތަރި ރިތިކް ރޯޝަންވެސް ވަނީ އެމޭޒަން ޖަންގަލި އަނދަމުންދާ މަންޒަރުފެނި އެކަމާކަންބޮޑުވުން ފާޅުކޮށް ޓްވީޓްކޮށްފައެވެ.