މިސަރުކާރުން އެއްވެސް މަޝްރޫއެއް ފަށާފައި ނެތް – މުއިއްޒު
1 މަސް ކުރިން
ޝާން މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ނުވަ މަސް ތެރޭގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަންވެސް ކުރަށްވަމުން ގެންދަވާ މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢެއް ފަށާފައި ނުވާކަމަށާއި ނަމަވެސް ދައްކަވަނީ މަޝްރޫތައް ނިންމާ ވާހަކަ ކަމަށެވެ. ކަމެއް ނުފަށާ ކަމެއް ނިންމާނީ ކިހިނެތްތޯ މުއިއްޒު ވަނީ ސުވާލު ކުރައްވާފަ އެވެ.

Advt

Advertisement

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ މިސަރުކާރުން ދަނީ ކުރީ ސަރުކާރުން ގެނައި ތަރައްޤީގެ މަޝްރޫޢުތައް އެއީ މިސަރުކާރުން ގެނައި ކަންކަން ކަމަށް ދޭހަވާގޮތަށް ޓީވީ ތަކުގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން މަޑަކުން ނުތިބޭނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި އެކަން ދައްކާނެ ކަމަށެވެ.

ސަރުކާރުން ނެގި މަޑުވެފައިވާ ކަމަށާއި އެއްވެސް އާ މަޝްރޫޢެއް ހިންގަމުން ނުދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ކޯލިޝަން ސަރުކާރާއި ގުޅިފައިވާ ބައެއް ފަރާތްތަކުން ދަނީ މިކަން ދޮގު ކުރަމުންނެވެ.