Mary ge Maskaashi Tray varah Salhi - AO News Mary ge Maskaashi Tray varah Salhi

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
މަރީގެ މަސްކާށި މަލާފަތް ވަރަށް ސަޅި

ކުއްލިއަކަށް މީސްމީޑިއާއިން ފެންނަންފެށީ މަސްކާށި ޓްރޭ، މަޖާ ޓްރޭ އަދި ބޯކުރި ބަނބުކެޔޮޓްރޭ ތަކެކެވެ. އަނގައިން ކުޅުދިޔާވާން ފެށިއެވެ. ދެން އަވަހަށް އަޅުގަނޑު ބެލީ މިއީ ކިހިނެތްވާ ކަމެއްތޯއެވެ. މީސްމީޑިއާގައި މި ތަފާތު 3ވައްތަރުގެ ޓްރޭތައް ޝެއާކުރަމުން އައީ އައްޑޫސިޓީ ހުޅުދޫ މަރިޔަމް ނިޒާމާ/ސައިފަތްމާގެ އެވެ. ނިޒާމާގެ މުޅި ނިއުސްފީޑްގައި އެކިވައްތަރުގެ ޓްރޭތައް އެކި މީސްމީހުންނަށް ޓެގްކޮށްފައި ހުރެއެވެ.

Advt

Advertisement

މަރީގެ މަސްކާށިމަލާފަތުގެ ވިޔަފާރި ފެށިގޮތާއި ބެހޭގޮތުން އަޅުގަނޑު ސުވާލުކުރުރީމެވެ. އެގޮތުން މަރީ އަޅުގަނޑަށް މި ވިޔަފާރި ފެށުނުގޮތާއި ބެހޭގޮތުން ދިން އިންޓަވިއު ތިރީގައި މިވަނީއެވެ.

“އަޅުގަނޑު މިއީ ކުޑަ ޓްވިންސް ދެކުދިން ގޮވައިގެން ވަރަށް ބުރަކޮށް އުޅޭ މަންމައެއް. އަޅުގަނޑު ބޭނުންވޭ އަބަދުވެސް ގޭގައި އިނދެގެން އާމްދަނީ ލިބޭނެ ގޮތެއް ހޯދަން. އެހެންކަމުން ހިތަށް އެރީ ތަފާތު ގޮތަކަށް އަމިއްލަ ސްޓައިލަކަށް މަސްކާށި،މަޖާ އަދި ބަނބުކެޔޮ ޓްރޭ ތައްޔާތުކޮށްފައި އޯޑަރަށް ވިއްކަން، އަސްލު މި އައިޑިއާ އަޅުގަނޑަށް ދިނީ މިމަސައްކަތް ކުރަމުން އަންނަ އައްޑޫ ސިޓީ ފޭދޫ ރައްޓެއްސެއް” މަރީ ގެ މި ވިޔަފާރި ފެށުނުގޮތް އޭއޯ ނިއުސްއާ ހިއްސާކުރަމުން ބުންޏެވެ.

މަރީގެ މިމަސައްކަތް ފެންނަނީ ތަފާތުކޮށެވެ. އެގޮތުން މަރީތައްޔާރު ކުރާޓްރޭތަކުގައި ތަފާތު އެކި ވައްތަރުގެ ބާވަތްތައް ހިމަނާފައި ވެއެވެ. ޓްރޭ ރީތިވެގެންދަނީ އެކި ކުލަތަކުގެ ފަތާތު މޭވާ އާއި އެކި ބާވަތްތަކުގެ ދިވެހި އުފެއްދުންތައް ހިމަނައިގެންނެވެ.

“އަޅުގަނޑު ތައްޔާރު ކުރާޓްރޭގައި އާންމުކޮށް ރަށުން ލިބެންހުންނަ މޭވާ އަދި ކުޅިކާޖާ، އައްޑޫބޮނޑި، ކުބުސް،ކާށި، މަސް، ރިހާކުރު، ކަދުރު،ޏަމްޏަމް، ކުންނާރު،ފަޅޯ،ކެރެޓް،އަނބު،އާފަލު،އޮރެންޖް،ކިވީ ، މިއީ އަދި ވަރަށް މަދުބާވަތެއް އެކިފަހަރު އެކި އެއްޗެތި. ހިމަނަނީ އެވަގުތަކު ރަށުން ލިބެން ހުރިއެއްޗެއް” ޓްރޭތަކުގައި ހިމަނާ ބައެއް ބާވަތްތަކުގެ ނަންކިޔައިދެމުން މަރީ ބުންޏެވެ. މަރީ ބުނިގޮތުގައި މިވިޔަފާރީގައި އެންމެ ދަތިވާ ކަމަކީ ޓްރޭތައްޔާރުކުުރުމަށް ބޭނުންވާ ބާވަތްތައް ރަށުން ބައެއްފަހަރު ލިބެން ނުހުރުމެވެ. ބައެއްކަހަލަ ދިވެހި ކެއުން މިހާރު އަމިއްލައަށް ތައްޔާރުކުރަން ދަސްކުރަމުން ދާކަމަށް މަރީ ބުންޏެވެ. އެގޮތުން ބޯކުރި ބަނބުކެޔޮވެސް  ކައްކަންވެސް މަރީ ދަސްކުރިއެވެ. އަދި ވަގުތު ވާވަރަކުން ދެންބޭނުންވާ ތަކެތި ކައްކަން ދަސްކުރަން ވިސްނާކަމަށް މަރީބުންޏެވެ.

“ރަށުގެ ރައްޔިތުން ތައްޔާރުކޮށްފައި ހުންނަ އައްޑޫބޮނޑި، ކުބުސް،ކުޅިކާޖާ ފަދަ ތަކެތި ފިހާރަތަކުން ގަނެގެން މަސްކާށި ޓްރޭގައި ބޭނުން ކުރުމުން މާބޮޑު ފައިދާއެއްނޯވޭ އަސްލު. އޯޑަރު އައިމަ މަސްކާށި ޓްރޭއެއް މިދެނީ ދެމީހަކަށް ހަދަންޏާ 135ރ އަށް. ބަނބުކެޔޮ ޓްރޭއެއް 100ރ އަށް އަދި ފަސްމީހަކަށް ހަދަންޏާ 50ރ އިތުރުކުރަން. ދެން މިއަގުތަކުގައި ދޭއިރު ވަރަށްގިނަ ބާވަތްތައް ހިމަނާފައިވަނީ. އަދި ކޮބައިތޯ އަޅުގަނޑުގެ ވަގުތުވެސް ޓްރޭ ތައްޔާރުކޮށްފައި ޑެލިވަރީވެސް ކޮށްދެން.” މަަރީބުންޏެވެ.

މަރީގެ އޯޑަރުތައް ނަގަނީ ކިހިނެތްތޯ ސުވާލުކުރުމުން ބުނީ، އަބަދުވެސް ކަސްޓަމަރުން ކައިރީ ބުނެފައި އޮންނަނީ ޓްރޭބޭނުން ވުމުގެ 1ގަޑި އިރު ކުރިން އޯޑަރު ދޭންވާނެކަމަށެވެ. އަދި އޯޑަރު އައުމުން ދެކުދީންގެ ކަންތައް ނިންމާފައި މަންމައާއި ހަވާލުކޮށްފައި ދެންދަނީ އަވަހަށް ޓްރޭތައްޔާރުކުރުމަށްބޭނުންވާ ސާމާން އެއްކުރުމަށް ކަމަށް މަރީބުންޏެވެ.

“ކޮންމެދުވަހަކު މަދުވެގެން 5 އޯޑަރު އާދޭ އަދި ހުކުރުދުވަހެއް ނަމަ  އެއަށްވުރެ ގިނަ އޯޑަރުވެސް ތައްޔާރުކުރަން ޖެހޭ. މިމަސައްކަތުގައި އަޅުގަނޑުގެ ފިރިމީހާގެ އެއްބާރުލުން ވަރަށްލިބޭ. އާންމުގޮތެއްގައި ބަނބުކެޔޮޓްރޭ ތަކާއި ބޯކުރި ބަނބުކެޔޮ ތަށި ޑެލިވަރީކުރަން ނިކުންނަނީ ރޭގަނޑު ފިރިމީހާ އާއިދެމީހުން” މަރީގެ މަސައްކަތް ގެންދާގޮތް ކިޔައިދެމުން ބުންޏެވެ.

މަރީއަކީ މިވިޔަފާރީގެ އިތުރުންވެސް އޯޑަރުތަކަށް ހެދިކާހަދާ ފިސާރިކަނބަލެކެވެ. މަރީގެ ވިޔަފާރި އާއިބެހޭގޮތުން ބުނީ، މަސްކާށިޓްރޭ ގަނެގެން ކެއުމަށްފަހު ކަސްޓަމަރުން ވަރަށް މީރުކަމަށާއި ކަމުދިޔަކަމަށް ބުނުމުން މަސައްކަތަށްވެސް ވަރަށްބޮޑު ހިތްވަރެއް ލިބޭކަމަށެވެ. މަރީބުނިގޮތުގައި އޭނަގެ މަސްކާށި ޓްރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން މާލެއިން އޯޑަރު އައުމުން ފޮނުވައިދެއެވެ. އަދި މަރީ ފާހަގަ ކުރާގޮތުގައި އޭނަގެ ފަރާތުން އާންމުކޮށް މިހިދުމަތް ލިބިގަންނަ ކަސްޓަމަރުން ތިބިކަމީ އޭނަގެ މަސައްކަތް ކަސްޓަމަރުން ވަރަށްބޮޑަށް ބަލައިގަންނަ ކަންގަބޫލުކުރެވޭ ހެެއްކެކެވެ.

“އަޅުގަނޑު މިވިޔަފާރި ފެށިފަހުން ރަށުގެ އެހެން ކުއްޖަކުވެސް މިވިޔަފާރި ފަށައިފި. ބައެއްމީހުން ބުނޭ ވަރަށް ދެރަކަމެކޭ އެކަކު ކުރީމަ އަނެކަކުފެށުން. އެހެން ނަމަވެސް އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުގެ މަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބުނުއާ ހިތްވަރެއްކަމަށް. ވަރަށް އަވަހަށް ވަރަށް ފުޅާކޮށް އަމިއްލަގޮތަކަށް މިމަސައްކަތް ފަށާނަން އެއީ އުންމީދަކީ. އަޅުގަނޑުގެ މިމަސައްކަތުގައި އެހީވެދެއްވާ އާއިލާ އެންމެނާއި ވަކިން ހާއްސަކޮށް ފިރިމީހާ އަދި ކަސްޓަމަރުން ދެއްވާ އެއްބާރުލުން ވަރަށްބޮޑަށް ފާހަގަ ކުރަން. މަރީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

އޭއޯނިއުސްގެ ފަރާތުންވެސް އެދެނީ މަރީގެ ބުރަމަސައްކަތަށް ކާމިޔާބީލިބުމެވެ.