English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް( އެމްއެންއައިއެސް) އިން ފަސް ކޯހެއް ފަށައިފިއެވެ.
މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭސިކް ފުޓްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އެމްއެންއައިއެސްއިން ކުރިޔަށް ގެންދާ ކޯހެކެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މި ކޯހުގައި އިރުޝާދު ދެއްވަނީ އެފްއޭއެމްގެ ކޯޗު އަހްމަދު ޝަރީފްއެވެ.
ހަމައެހެންމެ ހއ. ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށާފައިވާއިރު މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެއެވެ. ސްވިމިނިގ އެސޯސިއޭޝަނާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދުއެވެ.
މީގެއިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހޮސައިންއެވެ. ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މި ކޯސް މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށް ދާނެއެވެ.
ބ. ދަރަވަންދޫގައި ވޮލީބޯލް ކޯޗިންގް ސެޓިފެކެޓް ލެވެލް 1ގެ ކޯހެއް 21 އޮގަސްޓްގައި ފަށާފައިވާއިރު ވީއޭއެމްއާ ގުޅިގެން ކުރިޔަށް ގެންދާ މި ކޯހުގައި 22 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އިސްމާއިލް ރިފާއުއެވެ.
ފުވައްމުލައް ސިޓީގައި އެފްއޭއެމްއާ އެމްއެންއައިއެސް ގުޅިގެން ފުޓްސަލް ރެފްރީ ކޯހެއް މާދަމާ ފަށަން ހަމަޖެހިފައިވާއިރު މި ކޯހުގައި 29 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މާލޭގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސްވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި 50 ބައިވެރިން ބައިވެރިވި އިރު ކޯހުން ފާސްވެ ކޯސް ނިންމިކަމުގެ ސެޓްފިކެޓް ހާސިލްކުރީ 37 ބައިވެރިޔެކެވެ. މިި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 21 އޮގަސްޓް ވަނަ ދުވަހުގެ ރޭއެވެ.