ޝޫޓިން ތެރެއިން ކުލްފީ،އަމައިރާ އަދި ސިކަންދަރް އަށް އަނިޔާވެއްޖެ
1 މަސް ކުރިން
އާމިނަތު ޚާލިސާ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ، ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ޑްރާމާ ސިލްސިލާ ‘ކުލްޕީ ކުމާރު ބަޖޭވާލާ’ ގެ ޝޫޓިން ތެރެއިން މޯހިތް މަލިކް (ސިކަންދަރް ސިންގް ގިލް) އާއި އާކްރިތީ ޝަރްމާ (ކުލްފީ) އަދި މީރާ ސިންގް (އަމައިރާ) އަށް އަނިޔާވެއްޖެއެވެ.

މޯހިތް ޓްވިޓާގައި ޝެއާރކޮށްފައިވާ ވީޑިއޯއިން، ޑްރާމާގެ މަންޒަރެއް ނެގުމުގެ ތެރޭގައި’ގްރޭންޑް ތިއޭޓާރ އޮޑިޓޯރިއަމް’ ގައި އަލިފާން ރޯވުމުން އޭނާގެ ދެ ކުދިން ސަލާމަތްކުރުމަށް ދެ ކުދިން އުރާލައިގެން ދުވެފައިވައި  ނިކުންނަ މަންޒަރު ފެނިގެންދެއެވެ. އަދި އެ މަންޒަރުގެ ވަކި ހިސާބަކުން މޯހިތްއަށް ބެލެންސްކުރަން އުދަގޫވެ ދެ ކުދިންނާއެކު ވެއްޓޭ މަންޒަރު ފެނިގެންދެއެވެ. އެ ހާދިސާގައި ސިކަންދަރުގެ އަތާއި އަމައިރާގެ ކަކޫ މަށާއިގެން ގޮސްފައވާއިރު، އެ މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މޯހިތް ބުނެފައިވަނީ ބެލުންތެރިންނަށް ޑްރާމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށްޓަކައި ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

Advt

Advertisement

“ޑްރާމާގެ މަންޒަރުގައި ފެންނަ ގޮތާއި ޑްރާމާ ކުޅުމަށް އުފުލަންޖެހޭ އުދަގޫތަކާއި ވަރަށް ބޮޑަށް ތަފާތު. ބައެއް ފަހަރު ވަރަށް ގިނަ މައްސަލަތަކާއި ދިމާވެ އުދަގުލުން މަންޒަރުތައް ކުޅެވޭ ފަހަރުވެސް އާދޭ. މީ ޑްރާމާގެ މަންޒަރުތަކުގައި އުފުލަންޖެހޭ ބުރައިގެ ކުޑަކުޑަ ތަންކޮޅެއް.”މޯހިތް ބުންޏެވެ.

2018 ވަނަ އަހަރު ދައްކަން ފެށި މި ޝޯގެ މިހާތަނަށް 365 އެޕިސޯޑު ދައްކާފައިވާއިރު މި ޝޯއަށް ވަނީ ގިނަ އެވޯޑުތަކެއްލިބިފައެވެ.