English Edition
Dhivehi Edition

ސ. އަތޮޅުމަދަރުސާގެ 3 ވަނަ  ކެޑޭޓް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕަކީ އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، މައިންބަފައިންނާއި ދޮށީ މީހުންނަށް އިޙްތިރާމް ކުރާ، ދުނިޔޭގެކަންތައްތަކަށް ލޯ ހުޅުވިފައިވާ، ތެދުވެރި، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ މައިންބަފައިންނާއި ދޮށީ އުމުރުގެ މީހުންނަށް އިހްތިރާމްކުރާ ވަފާތެރި މުރާލި ހަށިހެޔޮ ކަންކަމަށް އިސްނަގާ ހިތްވަރުގަދަ ކެޑޭޓުންތަކެއް ޓްރެއިނިންގ ކުރުމުގެ މަޤްޞަދުގައި ހިންގުނު  މި ކެޑޭޓް ކޭމްޕްގެ ތެރޭގައި  ބައިވެރީންނަށް 10 މާއްދާއެއް ކިޔަވާ ދެވުނެވެ.

އޭގެ ތެރޭގައި ފިލްޑްކްރާފްޓް ފިލްޑްއިންޖނިއަރިންގ ފިޒިކަލްޓްރެއިންގ ފަޔަރފައިޓިންގ ފަސްއެއިޑް ފުޑްޑްރިލް ކޮމާންޑްޓާސްކް މޯލްޑިވްސް ނޭޝަނަލްކެޑޭޓްކޯގެރޫލްސް އެންޑް ރެގިއުލޭޝަން ލީޑަރޝިޕް  އަދި ޓްފިކްއެވެއާނަސްހިމެނެއެވެ.

އަދި މީގެ އިތުރަށް ކެޑޭޓް ކޭމްޕައި ބައިވެރިވި ދަރިވަރުންގެ މެދުގައި ވާދެމުމާއި ހޭޑްބޯލް މުބާރާތެއް ބާއްވާފައިވާއިރު ކޭމްޕްގެ ބައިވެރިންގެ މެދުގައި ކަލްޗަރޝޯވ އެއް ވެސް ބޭއްވުނެވެ.

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުނު މިކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ބައިވެރިވެވަޑައިގެން ފައިވާއިރު މިރަސްމިއްޔާތުގައި  ފޭދޫސްކޫލްގެ ޕްރިންސިލްއާއި އަތޮޅުމަދަރުސާގެ ޕްރިންސިޕަލް އަދި އެސްކޫލްގެ  އިސް ބޭފުޅުންނާއި ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންނާއި ކޭމްޕްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

އޯގަސްޓްމަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ސ. އަތޮޅުމަދަރުސާގައި ކުރިއަށް ގެންދެވުނު މި ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ހުކުރުދުވަހުގެ ހަވީރު ބާއްވާފައިވާއިރު މިކޭމްޕްގައި އަތޮޅުމަދަރުސާއާއި ފޭދޫ ސްކޫލްގެ  74 ކެޑޭޓުންބައިވެރިވިއެވެ.