English Edition
Dhivehi Edition

ޤައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ޤައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ. އިމްރާން ބުނީ މި ސީޒަނާއި މިދިޔަ ސީޒަނުގައި ވެސް ރަނގަޅު ޕާފޯމަންސް އެއް ދެއްކި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އަށް ޤައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އަލީ އަޝްފާގު(ދަނގަޑޭ) ޤައުމީ ޓީމާއި ގުޅުނީ 2004 ވަނަ އަހަރުން ފަށައިގެންނެވެ. އަދި އަޝްފާގު ޤައުމީ ޓީމުގައި ހުރެ މޮޅު ކުޅުންތައް ކުޅެ ރާއްޖެއަށް ރީތި ނަންވެސް ވަނީ ހޯދައި ދީފައެވެ.

އަޝްފާގު ޤައުމީ ޓީމުން ވަކިކޮށްފައި ވަނީ މިހާރުގެ ކޯޗު ޕީޓާ ސެގާޓް، މެޗެއްގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަކަށް ޚާޒިރުނުވުމުން ކަމަށް ބުނެ އެވެ. އޭގެ ފަހުން މިހާރު މިވަނީ ދޮޅު އަހަރު ވެފައެވެ.

އަލީ އަޝްފާގާއި އިމްރާން ޤައުމީ ޓީމުގައި ކުޅުނު އިރު ރާއްޖެއަށް ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދީފައެވެ. ދަނގަޑޭ އަކީ ދިވެހިންގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ.