English Edition
Dhivehi Edition

މިދިޔަ މަހުއެކަނިވެސް 3808 މީހުން ބޭރަށް ހިނގައި ހޮޑުލަވާތީ ޑޮކްޓަރަށް ދައްކާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގައި 3808 މީހުން ބޭރަށް ހިންގާ ހޮޑުލާތީ ޑޮކްޓަރަށް ދައްކާފައިވާއިރު މިއީ މިދިޔަ އަހަރާއީ އަޅާ ބަލާއިރު، އިތުރު އަދަދެއްކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. ހޮޑުލެވުމާއި ބޭރަށް ހިނގުން އާންމުކޮށް ފެތުރެނީ ކާބޯތަކެތީގެ ޒަރީއާއިންނާއީ ފާހާނަ ކުރުމަށްފަހު ރަނގަޅަށް އަތް ނުދޮވެވޭތީ އެވެ.

އެޗްޕީއޭ ބުނީ މިއީ ވައިރަސްއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށެވެ. މިއަހަރުގެ މިހާތަނަށް 20,000 މީހުން ވަނީ ބޭރަށް ހިނގުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ފަރުވާދޯދާފައެވެ.

ބަލިޖެހުމުން ރާއްކާތެރިވުމަށް މިދުވަސްކޮޅު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ބަލީގެ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ވަގުތުން ސިއްހީ މާހިރެއްގެ ލަފައާއި އިރުޝާދު ހޯދުން މުހިއްމެވެ.