English Edition
Dhivehi Edition

މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ކަސްޓަމްސް އިން މިއަދު ބުނީ އަވައްޓެރި ސްރީލަންކާ އިން ދިވެހިރާއްޖެ އަށް ވައިގެ މަގުން އައި ދިވެއްސެއްގެ އަތުން 1.52 ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

25 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަމަލުތައް ހުރިގޮތުން އޭނާގެ ފޮށިތަންމަތި ބަލާފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ހައްޔަރުކުރި މީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުރަތަަމަ މަރުހަލާގެ ޓެސްޓުތަކުން އެއީ ހެރޮއިން ކަމަށް ދައްކާ ކަމަށާއި އަދި އެތަކެތީގެ ބަރުދަނުގައި 1.52 ކިލޯ ހުރިކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާނޭ ކަމަށް ވެސް އެފަރާތުން ބުނެއެވެ،

ކަސްޓަމްސް އިން ހިފެހެއްޓި މީހާއާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.