English Edition
Dhivehi Edition

ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން ޓާމިނަލް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓް ނިންމާލައިފި އެވެ. މި ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައި ވަނީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގައި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ސީޕްލޭން ޓާމިނަލްގެ އިންޓީރިއާގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ފަށާފައި ވަނީ ޓާމިނަލްގެ ބޭރުގައި ހަރުކުރާ ފޭޑް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ތެޔޮ ހޮޅިތަކާއި ކަރަންޓް ހޮޅިތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ސީޕްލޭން ޓާމިނަލް ގައި 14،000 އަކަމީޓަރު ސަރަހައްދެއްގެ މަތިންދާ ބޯޓުތައް މަރާމާތުކުރާ ހެނގަރެއްވެސް އިނދެއެވެ. މިހާރު އެތަން އެއްކޮށް ހަދައި ނިމިފައިވާ އިރު އެތަން ހަދާފައި ވަނީ އެތަނަށް ގެންނަ ސީޕްލޭން ފަސޭހައިން ވެއްދޭ ގޮތަށް މޫދުގެ ބައެއް ވެސް ހިމެނޭ ގޮތަށެވެ.

މިހާރު ސީޕްލޭން ގެ ހިދުމަތް ދިނުމަށް މޯލްޑިވިއަން ގެ 11 ބޯޓު އޮވެއެވެ. އަދި ޓީއެމްއޭ ގެ 48 ބޯޓު އޮވެ އެވެ. މަންޓާއާއި ފްލައިމީ އިން ދަނީ ސީޕްލޭން ގެ ހިދުމަށް އަލަށް ފަށަން ތައްޔާރުވަމުން ނެވެ.