English Edition
Dhivehi Edition

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑެއް ކަމަށް ވާ “އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް” ދިވެހިރާއްޖޭގެ މައި ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ. މިއީ ބީއެމްއެލް އަށް މި އެވޯޑް ލިބުނު ތިން ވަނަ ފަހަރެވެ.

އޭޝިޔާ ސަރަޙައްދުގެ އެންމެ ރަނގަޅު އެއް ބޭންކަށް ބޭންކް އޮފް މޯލްޑިވްސް ހޮވިފައިވާއިރު ބީއެމްއެލް އަށް “އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް” މި އެވޯޑް ލިބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދަމަހައްޓަން އެ ބޭންކުން ކުރާ މަސައްކަތަށެވެ.

ބީއެމްއެލް ގެ 90 އިންސައްތަ އަކީ ދިވެހިންކަމަށް ވީއިރު އެ ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

އޮންލައިން ނޫސް މިހާރު ނޫހުގައި ވާގޮތުން މިއަދު ސިންގަޕޫރު ގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވީ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަ މުހައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަ އާސިޔަތު މުހައްމަދެވެ.