English Edition
Dhivehi Edition

ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެވޭ މިންވަރު މަދުކުރެވުމަށް ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށް  މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވޭނެ ކަމަށާ، އެކަން ކުރުމަށް ބޭނުންވަނީ ހިތްވަރެއް ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި ވެސް ޕްލާސްޓިކާ ދެކޮޅަށް ކެމްޕެއިން ކުރުމަށް ފަށާފައިވާ މި ދުވަސްވަރު ޝިފާ  ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެ ކުރުން މަނާ ކުރެވޭނެ ކަމަށެވެ.

ޖަރުމަނުވިލާތުންވެސް ޕްލާސްޓިކު ކޮތަޅު މަނާ ކުރަނީ ކަމަށްބުނެ މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރަކަށް ހިޔާލުފާޅުކުރައްވަމުން ޝިފާ މިހެން ވިދާޅުވެފައި ވާއިރު، ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ހާއްސަ ކެމްޕޭންގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އަންނަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލަމުންނެވެ.

މީގެއިތުރަށް އެއްފަހަރު ބޭނުންކުރާ ހުރިހާ ބާވަތެއްގެ ޕްލާސްޓިކް 2025 ރާއްޖޭގައި މަނާކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކަށް ގޮވާލަައި ގަރާރެއް ރައްޔިތުން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ބައިނަލް އަގްވާމީ ފެންވަވަރުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ”ގެ ތަޖްރިބާ، ޔޫއެންޑީޕީގެ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ޢާއްމު ބައްދަލުވުމުގައިވެސް ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ބައެއް ސިޓީކައުންސިލްތަކުން ވެސް ވަނީ ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅު ކެމްޕއިނެއް ފަށައި އަންނަ އަހަރުން ފެށިގެން އެފަދަ ޕްލާސްޓިކް ބޭނުންކުރުން މަނާ ކުރުމަށް ވިސްނަމުންނެވެ،

 

1 ކޮމެންޓް
ޢބްދުﷲ
އޮގަސްޓް 14, 2019
ހަމަޖެހޭބާ? ދިވެހި ރާއްޖެއަށް އިންޕޯޓުމުދާ އެތެރެކުރުން ހުއްޓާލަންވީ. އޭރުން ތިކަންވެދާނެ ދިވެހި ރާއްޖެޔައް އެތެރެވާ 90% އެއްޖިއްސަކީ ކޮތަޅުލެވިފަިވާ ބާއްވަތްތަކެއްކަން މިއެއްޖިއްސުން ނައް ނޭގިދައްކާ ވާހަކަ ތަކެއްބާ މި ގައްދާއިން ބުދިން ހަމަ ނުޖެހޭ ވާހަކަ ދައްކައިގެން ރައްޔަތުންގެ ލޮލުގަ އަދުން އަޅުވަނީ