English Edition
Dhivehi Edition

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ދިޔަ ހައްޖާޖީއެއް ކޯމާގައި އޮންނަތާ ދެދުވަސް ވެފައިވާއިރު އަދިވެސް އޭނާގެ ހާލަތަށް ބަދަލެއް ނާންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީގެ ތެރެއިން ސްރޯކެއް ޖެހުނީ ފ. ދަރަނބޫދޫ މީހެއް ކަމަށްވާ ސީމާ މޫސާ، 38 އަހަރެވެ. ސީމާ އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީއެކެވެ.

އެނގިފައިވާ ގޮތުގައި ސިމާއަށް ސްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓަ އެވެ. އޭނާ ފާހަނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ ވެސް ހޮސްޕިޓަލަށް ދިޔައެވެ.

މިފަހަރު ޙައްޖަށް ދިޔަ ހައްޖުވެރިން އަނބުރާ ރާއްޖެ އަންނަން ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ.

ޓެގު