English Edition
Dhivehi Edition
NYT2008112517290250C

ބެންކޮކުގައި ކުރަމުންދާ މުޒާހަރާގައިި އިއްޔެ ބެންކޮކުގެ އެއާޕޯޓު ބަންދުކުރުމަށްފަހު އަލުން އެއާޕޯޓް ހުޅުވައިފިއެވެ.

އެއާޕޯޓުކައިރީގައި ކުރަމުން ދިޔަ  މުޒާހަރާ ރޫޅާލުމަށް އެ ޤައުމުގެ ކޯޓުން އަމުރު ކުރުމާއެކު މިއަދު ހެނދުނު އެއާޕޯޓު ހުޅުވިއިރު އެ އެއާޕޯޓުން ވަނީ ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލް ކޮށްފައެވެ. އަދި މީގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަނީ ގެއްލުން ވެފައެވެ.

ބެންކޮކް ގައި ކުރަމުންދާ މުޒާހަރާއަކީ ކުއްވެރިން ޗައިނާ ސަރުކާރާ ހަވާލުކުރާގޮތައް ތައްޔާރުކުރި ބިލަކާއި ގުޅިގެން ބެންކޮކުގެ ޑިމޮކްރަސީ އެކްޓިވިސްޓުން ފެށި މުޒާހަރާއެވެ. މި މުޒާހަރާތައް ފެށިތާ މިހާރު ހަފްތާތަކެއް ވެދާނެއެވެ.

ބެންކޮކް އެއަރޕޯޓް ގައި ކުރަމުންދާ މުޒާހަރާ ހުއްޓުވަން ކޯޓު އަމުރު ނެރުނު އިރު އަދިވެސް ފުލުހުން ކޯޓު އަމުރު ތަންފީޒުކޮށްފައެއް ނުވެއެވެ.

ބެންކޮކް މުޒާހަރާގެ ތެރެއިން