English Edition
Dhivehi Edition

ސައިންސް ފިކްޝަން/ފެންޓަސީ ކެޓަގަރީއަށް ފެތޭގޮތަށް އުފައްދާފައިވާ ސިލްސިލާއެއް ކަމަށްވާ “ހައިވާން” މިމަހުގެ ފަހުކޮޅު ދައްކަން ނިންމައިފިއެވެ. މި ސިލްސިލާ ދައްކަން ހަމަޖެހިފައި ވަނީ މިމަހުގެ 31 ހިސާބުގައި އެވެ.

ޒީ ޓީވީ އިން މި ސިލްސިލާ ގެނެސްދޭން ނިންމާފައިވާއިރު ހައިވާންގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ. އަދި ލީޑް ރޯލުން ފެނިގެންދާނީ އަންކިތު މޯހަން އާއި ރިދިމާ ޕަންޑިތުގެ އިތުރުން ޕަރަމް ސިންގެވެ. އަން,އަންކިތު ވަނީ ދާދިފަހުން ކަލާޒުން ނިންމައިލި “ނާގިން 3” ގައި ވެސް މުހިއްމު ރޯލެއް ކުޅެދީފައެވެ.

މި ސިލްސިލާ ހަފްތާއަކު ދެ ދުވަހު ގެނެސްދޭނޭ ކަމަށް ޙަބަރުތައް ބުނެއެވެ. މި ސިލްސިލާގެ ޓްރެއިލާ އިން ފެނިގެން ދަނީ ފެހިކުލައިގެ ބިޔަ މޯންސްޓާ އެކެވެ. އަދި މިއީ ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭ ސިލްސިލާއެކެވެ. ކޮންމެ ގޮތަކަށް ވިޔަސް ތަފާތުތަކެއް ފެނިގެންދާ މި ސިލްސިލާގެ އިންތިޒާރުގައި މިހާރުވެސް އެތައް ބަޔަކު އެ ތިއްބެވެ.

ޓެގު