English Edition
Dhivehi Edition

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް މި ދަތުރާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ބެލެވޭ ގޮތުގައި މިއީ ރައީސްގެ ދެކަނބަލުންގެ  އީދު ޗުއްޓީ ދަތުރުފުޅެވެ.

ރައީސް ސާލިހު ވަނީ މިއަހަރުގެ ތެރޭގައި ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.