English Edition
Dhivehi Edition

ޢީދު ވިލޭރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި 50 އަށް ވުރެ، ގިނަ ގެއެއްގެ ފުރާޅަށް ގެއްލުންވެ، 35 ގަސް ވެއްޓިއްޖެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގެއްލުންވި ގެތަކުގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތު ކޮށްދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަަށާއި އަދި ބާކީ ހުރި ގެތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

މި ވިއްސާރައިގައި އައްޑޫގެ 54 ގެއެއްގެ ފުރާޅަށް އެކު ވަރުގެލިބިފައިވާއިރު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ވަނީ ހަލާކުވެފައެވެ. ކައުންސިލުން ވަނީ ފުރާޅު އެއްލައިލި ގެތަކަށް ޓިނު ހޯދައިދިނުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

މީގެ އިތުރުން މި ވިއްސާރައިގައި އައްޑޫން ގިނަ އަދަދެއްގެ ރުއްގަސް ވެސް ވެއްޓިފައިވާ އިރު، ވެއްޓުނު ބޮޑެތި ގަހުގެ އަދަދު 35 އަށް އަރަ އެވެ. އަދި މިކަމާ ގުޅިގެން ބައެއް މަގުތައް ބަންދު ވެސް ވި އެވެ. ނަމަވެސް ގަސްތައް ވެސް ނަގައި މިހާރު ވަނީ ސާފުކޮށްފަ އެވެ.

ވިއްސާރައާ އެކު ލިބުނު ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުންނަށް އެންމެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން އަންނަނީ ސިފައިންނާއި ފުލުހުންނެވެ.