English Edition
Dhivehi Edition
3އެސް ޑައިވާސް ހޯމް

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ  ސ.ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ތްރީ އެސް ލައުންޖް  އަށް ދީފިއެވެ.

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އައްޑޫގެ 6 ދާއިރާގެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ހިތަދޫން 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޭން ކަނޑައަޅާފައި ވަނީ ހިތަދޫ ބަނދަރު ސަރަހައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު އަދި ރީޖަނަލް ހޮސްޕިޓަލް ސަރަހައްދަށެވެ. މަރަދޫއިން 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޫކުރަން ކަނޑައަޅާފައި ވަނީ މަރަދޫ ބަނދަރު ސަރަހައްދު އަދި މަރަދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ.

މަރަދޫފޭދޫ އިން މަރަދޫ ފޭދޫ ބަނދަރު ސަރަހައްދަށް ހުއްދަ ކަނޑައަޅާފައިވާއިރު، ފޭދޫއިން ހުއްދަ ދޫކުރުމަށް ކަނޑައަޅާފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދު އަދި ފޭދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ. ހުޅުދޫ އިން ހުޅުދޫ ބަނދަރު ސަރަހައްދު އަދި ހެރެތެރެ ޗެނަލް ސަރަހައްދު ކަނޑައަޅާފައިވާއިރު، މީދޫ އިން ކަނޑައަޅާފައި ވަނީ މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްހީ މަރުކަޒު ސަރަހައްދު އަދި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދަށެވެ.

24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަދޭ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުން ފުއްދުމަށް ވިއްކާ ތަކެތި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަންތަނުގައި ޝަރުތު ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށް ފަހުގައި ކަމަށެވެ.