English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި ބާއްވާ ‘އީދި ޕެރޭޑް’16 އޮގަސްޓް 2019 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ

އަޝްހާ އީދުގެ ފުރަތަމަ ދުވަހު ބާއްވަން ނިންމި މި ޕެރޭޑް ފަސްކޮށްފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުންކަމުގައި ޕެރޭޑް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ޕެރޭޑް އިންތިޒާމްކުރާ ފަރާތުން ބުނީ މިހާރު ހުކުރުދުވަހު މި ޕެރޭޑް ބާއްވަން ނިންމާފައިވާ ކަމަށާއި މި ޕެރޭޑްގައި ފޯރިގަދަ ގިނަ ހަރަކާތްތަކެއް ފެނިގެންދާނެކަމަށެވެ.”ހުކުރު ދުވަހު ހަވީރު 16:00 ގައި މި ޕެރޭޑް ފެށިގެން ދާނީ ހުޅުދޫ ސްކޫލް ކައިރިން. ޕެރޭޑް ދަތުރުކުރާނީ ހުޅުދޫ، މީދޫ ބޮޑެތި މަގުތަކުން. މި ޕެރޭޑްގައި މާލި، ދަފިނެގުން، އަދި ސްކޫލް ކުދިންގެ ހަރަކާތްތައް ފެނިގެން ދާނެ”

އައްޑޫގައި އަޝްހާ އީދާއި ދިމާކޮށް ފޯރިގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އިއްޔެ އައްޑޫ ފްރޭންޑްސް އިން އިންތިޒާމްކޮށްގެން ހިތަދޫގައި ވެސް ވަނީ ޕެރޭޑެއް ބާއްވާފައެވެ.’ހައްބޯ ރާހި’ޕެރޭޑަށް އައްޑޫ ސިޓީއިން  ބޮޑު ތަރިހާބެއް ލިބިފައިވާއިރު އިއްޔެ މީދޫގައި ބޭއްބި ‘އަފިރިންގެ ކުލަފެން ފޯރި’ އަށްވެސްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިއަދުވެސް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ ކަނބަލުންގެ ޕާކުގައި ބޮޑެތި މީހުންގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަދު ޝަމްސުއްދީން ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށްދާ ޕެރޭޑެއްވެސް ބޭއްވުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން މާދަމާ މީދޫ މަސްވެރިންގެ ޕާކުގައި އިސްރަށްވެހިންނާއެކު ބޮޑެތި މީހުންގެ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާދަމާރޭ ޕޮލިސް ދަނޑުގައި ‘ކަލްޗަރަލް ނައިޓް’އެއް ބޭއްވުމަށްވަނީ ނިންމާފައެވެ. ކުރީގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ މި ‘ކަލްޗަރަލް ނައިޓް’ ފެށުމަށް ހަމަޖެހިފައިވަނީ އީދި މަޅިލުމާއެކުގައެވެ.