English Edition
Dhivehi Edition

މިއަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މެލޭޝިއާ ގައި ޓްރެއިނިންގ ކޭމްޕް ޖެހުމަށްފަހު މިހާރު އަވައްޓެރި ސްރީލަންކާ އަށް ޓްރެއިނިން ކޭމްޕް ބަދަލުކުރަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ ވިސާ ޖަހަން ޖެހޭތީއެވެ. އަދި ލަންކާގައި ތިބެގެން ރާއްޖެ އާއި ލަންކާއަށް ހާއްސަކޮށްފައިވާ އެމެރިކާގެ އެމްބަސީ މެދުވެރިކޮށް ވިސާ ޖެހައިލެވޭނެ އެވެ. ރާއްޖޭ ފުރަތަަމަ ނުކުންނާނީ ގުއާމް އާއި ދެކޮޅަށް ކުޅޭ މެޗުގައި އެވެ. މިމެޗު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ގުއާމުގައެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ މިހާރު ޓްރެއިނިން ކޭމްޕް ކުރިއަށް ދާނީ ލަންކާގެ އެފްއޭގެ އެހީތެރި ކަމާއެކު ކޮލަމްބޯގައި ކަމަށެވެ. އަދި ޓީމު ގުއާމް އަށް ދާނީ އެނބުރި ރާއްޖެ ނައިސް ލަންކާ މަގުން ކަމަށެވެ.