English Edition
Dhivehi Edition

މޫސުން ގޯސްވުމާއި ގުޅިގެން އައްޑޫ ސިޓީ ގަން އިންޓަނޭޝަލް އެއާޕޯޓަށް ނުޖެއްސިގެން ޑައިވާޓް ކުރި ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

އައްޑޫސިޓީއަށް ކުރަމުންގެންދާ ވިއްސާރައިގައި މިރޭ 1:20 ހާއިރު ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ގިނަ އިރުތަކެއް ވަންދެން ގަމުގައި ޖައްސަން މަސައްކަތް ކުރުމަށް ފަހު، އެކަން ކާމިޔާބުވާގޮތް ނުވުމުން އެންމެފަހުން ވަނީ އެނބުރި ގޮސް ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ޖައްސާފައެވެ.

މި ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސާފައި ވަނީ ދަތުރު ފުރިތާ ތިން ގަޑިއިރާއި 16 ވަރަކަށް މިނިޓް ފަހުންނެވެ. މި ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސާފައި ވަނީ 3:19 ގައެވެ.

މިރޭ އިރާކޮޅުން ފެށިގެން އައްޑޫއަށް ވައިގަދަވެ ވިއްސާރަ ވަމުންދާއިރު، ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދާތާ ވަނީ ހަ ގަޑިއިރު ވެފައެވެ. އަދި އައްޑޫ ހިމެނޭ ސަރަހައްދަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ފަތިހު 5:00 އާ ހަމައަށް ރީނދޫ އިންޒާރު ނެރެފައެވެ