English Edition
Dhivehi Edition

އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި ގަހެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެ އެވެ.

މިރޭ ފަތިހު 4:30 ގައި ހިނގި މިހާދިސާގައިއަނިޔާ ވެފައި ވަނީ އައްޑޫ ހިތަދޫ ރޯޔަލް ޕާމް ރެސްޓޯރަންޓް ކައިރިން ސައިކަލެއް ގައި ދިޔަ ޒުވާން ފިރިހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ރޭއްސުރެ ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަށް އާދަޔާއި ހިލާފަށް ވައި ގަދަވެ ދަނީ ބޮޑެތި ގެއްލުން ތަކެއް ލިބެމުންނެވެ.

އެމްއެންޑީއެފުގެ ސަދަން އޭރިއާގެ ސިފައިން މިހާރު ރަށުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ އިރު ، މަގުތަކުގައި ހުރި ބައެއް ގަސްތައް ވެއްޓުމާ ގުޅިގެން އެ ތަކެތި ނަގައި ސާފުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.