English Edition
Dhivehi Edition

މިއަދު ހަވީރުގެ ވަގުތެއްގައި އެމެޖެންސީގައި ކަނޑަށް ޖެއްސި އައްޑޫ ފްލައިން ސްކޫލުގެ ބޯޓު  އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައިކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ފްލައިން ސްކޫލްގެ ބޯޓެއް ކަނޑަށް ޖައްސައި، އެބޯޓު އަޑިއަށް ދިއުމާއި ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބޯޓުގައި ތިބި ދެ މީހުން ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯންޏަކުން ނަގާފައި ވާކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރިއެވެ.

އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އިރުއޮއްސި 18:30 ހާ ކަންހާއިރު އެދެމީހުން ސ. ފޭދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފަެިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

އިންޖީނު ފެއިލްވުމުގެ ސަބަބުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ކައިރިއަށް ޖެއްސި މި ބޯޓު ދުއްވަން އިނީ އައްޑޫސިޓީ މަރަދޫ ޝާޒް، ސަމްހާ މުޙައްމަދު ފަހުމީއެވެ. ސަމްހާއަކީ ޕައިލެޓު ޓްރެއިނިން ހަދަމުން އަންނަ ދަރިވަރަކެވެ. އޭނާއާއިއެކު ބޯޓުގައި އިންސްޓްރަކްޓަރަކަށް ހުރީ އިންޑިއާާގެ މީހެކެވެ.

ޚަބަރު ލިބޭގޮތުގައި މިހާރު މި ދެ މީހުން ވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް މިދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ.

 މިއަދު ހަވީރު 16:30 ހާކަންހާއިރު އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ މި ބޯޓު އެޖެންސީގައި  ޖެއްސީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ވޯޓާ ސްޕޯޓްސް އާއި ދިމާއަށް ކަނޑަށެވެ.

ޚަބަރު ލިބޭގޮތުގައި  މިހާދިސާ ހިނގި ވަގުތު ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯނި އެ ސަރަހައްދުގައި އޮތުމުން ދޯނީގައި ތިބި މީހުންނަށް ބޯޓު ވެއްޓުނު މަންޒަރު ފެނިފައިވެއެވެ.