English Edition
Dhivehi Edition

ލަވަކިޔުންތެރިޔާ ނިކް ޖޯންސް އޭނާގެ ބައިވެރިޔާ ޕްރިޔަންކާ ޗޯޕްޅާ އާއި އެކު ދިރިއުޅެން އާ ގެއެއް ގަންނަން ނިންމައިފިއެވެ. ނިކްމެން އާ ގެއެއް ގަންނަން ނިންމީ އެމީހުން 2018 ވަނަ އަހަރުގެ އޭޕްރިލް މަހު އެމެރިކާގެ ލޮސް އެންޖެލިސް އިން 6.5 މިލިއަން ޑޮލަރަށް ގަތް ގެ ވިއްކާލުމަށް ފަހުގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 2 ގައި ޕްރިޔަންކާ އާއި ނިކް ކައިވެނިކުރި އިރު މިދެތަރިންނަކީ ވަރަށް މަގުބޫލު ދެ ތަރިން ނެވެ. ޕްރިޔަންކާ ބޮލީވުޑް އާއި ހޮލީވުޑްގެ ފިލްމުތައް ކުޅޭއިރު އޭނާ ދަނީ ފިލްމު ޕްރޮޑިއުސް ވެސް ކުރަމުންނެވެ. ނިކް އަކީ ގިނަބައެއްގެ ލޯބި ހޯދާފައިވާ މޮޅު ލަވަކިޔުންތެރިއެކެވެ.

ޕްރިޔަންކާ މިހާރު ތައްޔާރު ވަމުން ދަނީ އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒް ކުރާ ހިންދީ ފިލްމު “ދަ ސްކައި އިޒް ޕިންކް” އަށެވެ. 26 އަހަރުގެ ނިކް މިހާރުވެސް ޝޯއެއް ދެމުން އެބަ ދެއެވެ. މިދުވަސްކޮޅު ބިޒީކޮށް އުޅުނު ކަމުގައި ވިއަސް ދެ ތަރިން ގެންދަނީ އެކީގައި ދިރިއުޅުމަށް ރީތި ގެ އެއް ގަތުމަށްވެސް ވިސްނަމުންނެވެ.