English Edition
Dhivehi Edition

އައްޑޫސިޓީގައި 1440 ވަނަ އަހަރުގެ ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކުރުން އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ބާއްވާ ގޮތަށް މިއަދު އައްޑޫ ސިޓީ ކައުންސިލުން ނިންމާ އެކަން އިއުލާން ކޮށްފި އެވެ.

ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކުރާނެ އިތުރު ދެ ސަރަހައްދުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވަނީ ހިތަދޫ ލިލީމަގުގެ އިރުމަތީކޮޅުގެ ދެކުނުފަރާތު ހިއްކި ބިމުގައި (ފަތާ ޓްރެކް ސަރަހައްދު) އާއި ފޭދޫ އަދި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ފޭދޫ ހިއްކި ބިމުގައެވެ.

އަޟްޙާޢީދު ނަމާދު އައްޑޫސިޓީގެ އަވަށްތަކުގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މަރަދޫ ގައި އާއި ހުޅުމީދޫ ގައިވެސް ބޮޑު ޖަމާޢަތް ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މަރަދޫ ކުޑަކުދިންގެ ޕާކު ގައްޔާއި ހުޅޫމީދޫ ޕޮލިސް ސްޓޭޝަން ދަނޑުގައި ވެސް އީދުގެ ބޮޑު ޖަމާއަތް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.