English Edition
Dhivehi Edition

ދިރާގުން 1 މޭ އިން 31 މޭ 2017 ގެ ނިޔަލަށް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދީ ފުރަތަމަ 2 މަހުގެ މަހުފީ އިން 25 ޕަސެންޓް ޑިސްކައުންޓްވެސް ލިބިގެން ދާނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއެކު ނަސީބުވެރި ކޮންމެވެސް އެއްފަރާތަކަށް މެކްބުކް ޕްރޯ އެއް ލިބިގެން ދާނެއެވެ. ދިރާގުން ބުނީ މިއީ ދިރާގުން ކަސްޓަމަރުންނަށް ރޯދަ މަހާ ގުޅުގިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި އަދި ކުރިޔަށް އޮތްތާގައި ރޯދަމަހާއި ގުޅިގެން އިތުރު ޕްރޮމޯޝަން ތައް ކަސްޓަމަރުންނަށް ދިނުމަށް ރާވާފައިވާ ކަމަށެވެ.