English Edition
Dhivehi Edition
އައްޑޫސިޓީގެ މޭޔަރ އެމް.އައި.ބީ އިން ހިއްސާ ބައްލަވައިގަންނަވަނީ

އައްޑޫސިޓީ ކައުންސިލުން އައްޑޫ ރައްޔިތުންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ން ހިއްސާ ބައްލަވައިގެންފިއެވެ.

އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި މިއަދު ހަވީރު އޮތް ބައްދަލުވުމެއްގައި ކައުންސިލްގެ ފަރާތުން އައްޑޫ ރައްޔިތުންގެ ނަމުގައި 20،000 ހިއްސާ ބައްލަވައިގަތީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

ރައްޔިތުންގެ ނަމުގައި އެމްއައިބީ އިން ހިއްސާ ބައްލަވައިގަތީ އައްޑޫގެ ރައްޔިތުންގެ ފައިސާ ރަނގަޅުގޮތުގައި ވިޔަފާރީގައި އިންވެސްޓުކޮށް ރައްޔިތުންގެ ފައިސާ އިތުރުކުރުމަށް ކަމުގައި ސޯބެ ވިދާޅުވިއެވެ. އަދި އެމް.އައ.ބީ އިން ހިއްސާ ބައްލަވައިގަތީ އެމް.އައި.ބީ އަކީ ކުރިއަރަމުންދާ ކުންފުންޏެއްކަމުގައި ވާތީ ވަރަށް ގިނަ ބައެއްގެ ލަފާގެ މަތިން ރައްޔިތުންގެ ފާއިދާ އާއި ލާބައަށްޓަކައި ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ކުންފުނި ތަކުން ވެސް ހިއްސާ ގަނެފައިވާނެ ކަމަށާއި އެ ކުންފުނިތަކުން ފައިދާ ލިބެމުންދާ ކަމަށްވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވިއެވެ.