English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބަހައްޓަން ނިންމައިފިއެވެ.

އިސްލާމިކް ބޭންކުން މިއަދު ވަނީ ފޭދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އިދްރީސް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެ ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިސްލާމިކް ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާއެވެ. އިދްރީސް ޓްރޭޑިންގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަރީފެވެ.

35 ދުވަހުގެ ތެރޭގައި އޭޓީއެމްގެ މަސައްކަތް ނިންމާ ގޮތަށް ހަވާކޮށްފައިވާއިރު މި އޭޓީއެމްގެ ޚިދުމަތް ވަރަށްއަަހަށްދެވޭނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައި އިސްލާމިކް ބޭނުކުން މައުލޫމާތު ދެއްވިއެވެ.

ފޭދޫގައި އޭޓީއެމް ބެހެއްޓުމުން އިސްލާމިކް ބޭންކުގެ ޚިދުމަތް ހޯއްދަވާ، ފޭދޫ ، މަރަދޫ ފޭދޫ އަދި މަރަދޫގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބޭނެ ކަމަށާއި ބޭންކުގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދުވެސް އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އިސްލާމިކް ބޭންކުން މައުލޫމާތު ދެއްވިއެެވެ.