English Edition
Dhivehi Edition

އިއްުޔެ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފިއެވެ.

ބެންކޮކްގެ ހަ ތަނަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ،މި ހަމަލާތަކުގައި ހަތަރު މީހަކު ޒަހަމްވެފައިވާއިރު  އޭގެތެރެިން ޒަހަމްވި ދެ ފިރިހެނަކަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށާއި ދެން ތިބި މީހުން ގެއަށް ފޮނުވާލާފައިވާކަމަށެވެ.

މިހާރު މި މައްސަލަ ފުލުހުން ތަހްގީގުކުރަމުން އަންނައިރު ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ ގޮއްވާލާފައި ބޮންތަކަކީ ގޭގައި ހަދާފައިވާ ބޮންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ބެންކޮކްގައި ބޭރުގެ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން  ބައިވެރިވާ އެސޯސިއޭޝަން އޮފް ސަދަންއީސްޓް އޭޝިއަން ނޭޝަން(އާސިއާން) ސަމިޓް ކުރިއަށްދާ މި ދަނޑިވަޅު އެ ގައުމަށް ދިން ހަމަލާތަކާއި ގުޅިގެން މިހާރު ސަލަމާތީ ބާރު ތަކުންވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

އީދު ބަންދާއި ދިމާކޮށް ރާއްޖެއިންވެސް ގިނަ ބަޔަކު ބެންކޮކްއަށް ޗުއްޓީ އަށް ދިއުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅު ދިން މި ހަމަލާއާއި ގުޅިގެން ދަތރުވެރިން ސަމާލުވުމަށް ރާއްޖެއިންވަނީ އިލްތިމާޒްކޮށްފައެވެ.

2015 ވަނަ އަހަރުވެސް ބެންކޮކް ގައި ހުންނަ އިރަވަން ޝްރައިން އަށް ދިން ބޮމުގެ ހަމަލާގައި 20 މީހުން މަރުވެފައިވާއިރު، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.