English Edition
Dhivehi Edition

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޮންތަކެއް ގޮއްވާލައި ހަތަރު މީހުން ޒަހަމްކޮށްލި ހާދިސާ އާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ބެންގކޮކް ގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.

 ބެންކޮކްގައި އުޅޭ ދިވެހީންވެސް އިތުރަށް ސަމާލުވެ، އަބަދުވެސް ޕާސްޕޯޓު ހިފައިގެން އުޅުމަށާއި މީހުން އެއްވެ އުޅޭ ހިސާބުތަކަށް ނުދިއުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބެންކޮކްގައި ގޮއްވި ތަފާތު ކުދި ބޮންތަކުގެ ސަބަބަނުން އެ ގައުމުގެ 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ތައިލެންޑްގެ ސަރުކާރުން ބެންގްކޮކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން ދާ ކަމަށްވެސް އެމްބަސީން ވަނީ ބުނެފައެވެ.

 ތައިލެންޑްގެ ވެރިރަށް ބެންކޮކް ގައި މިއަދު ހެނދުނު ބޮންތަކެއް ގޮއްވާލި ހާދިސާގައި އެގައުމުގެ 4 ރައްޔިތަކަށް އަނިޔާ ވި ނަމަވެސް މި ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށްވެސް ތައިލެންޑް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ބެންކޮކްގައި މި ބޮން ގޮއްވުމުގެ ހާދިސާ ހިންގާފައި މިވަނީ، ބެންކޮކުގެ އެކި ހިސާބުތަކުގައި ބޮންތަކެއް ގޮއްވާލާފައި މި ވަނީ އާސިއާންގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން އެ ގައުމުގައި ކުރިއަށް ދަނިކޮށެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު މި ގޮއްވުންތައް ގޮއްވާލީ ހެނދުނު 9 ޖަހާ އެހާއިރު ފުރަތަމަ ދެ ގޮއްވުން ގޮއްވާލީ ސެންޓަރަލް ބެންގކޮކްގައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އިތުރު ގޮވުންތަކެއް ގޮވީ ބެންގްކޮކުގެ އުތުރުގައި ސަރުކާރުގެ އިސްވެރިން ތިބޭ ސަރުކާރުގެ އިމާރާތެއްގެ ކައިރީގައެވެ. އަދި މިހާދިސާތަކުގައި ޖުމްލަ 6 ބޮން ގޮއްވާލި އިރު، ފުލުހުންވަނީ އެ ޑިވައިސް ގޮވުމުގެ ކުރިން ޓްރެކްކޮށްފައެވެ.