English Edition
Dhivehi Edition

90 ގެ އަހަރުތަކުގައި މަޝްހޫރުވި ބޮލީވުޑްގެ ބަތަލާ ސުޝްމީތާ ސެން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ރޮހްމަން ޝޯލް މިއަހަރު ފަހުކޮޅު ކައިވެނިކުރަން ނިންމާފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

1994 ވަނަ އަހަރު  މިސް ޔުނިވާސްގެ ލަގަބު ފުރަތަމަ ފަހަރަށް ހޯދާފައިވާ އިންޑިއާގެ އަންހެން ތަރި ސުޝްމީތާ އާއި މޮޑެލެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ރޮހްމަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނީ މިދިޔަ އަހަރުގައެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ މި ވާހަކަތައް ސުޝްމީތާ ދޮގުކޮށްފައިވާއިރު ފަހުން އޭނާވަނީ މިކަމަށް އެއްބަސްވެފައެވެ،

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މިހާރު ގޯއާގައި ކުރިއަށްދާ ސުޝްމީތާގެ ބޭބެ ކައިވެނީގެ ހަފްލާގައި ރޮހްމަން، ސުޝްމީތާ އަށް ކައިވެންޏަށް ހުށަހަޅާފައިވާއިރު އޭނާ ވަނީ މި ކައިވެންޏަށް އާ ބަސް ބުނެފައެވެ. މިއަހަރު ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ މި ކައިވެންޏާއި ބެހޭ ގޮތުންމި ދެ މީހުންގެ ފަރާތުންވެސް އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

އުމުރުން 43 އަހރުގެ ސުޝްމީތާ އާއި 28 އަހަރުގެ ރޮހްމަންގެ ގުޅުމާއި ބެހޭ ގޮތުން މީގެ ކުރިންވެސް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު ފާޑުކިޔާ ފަރާތްތަކުންވަނީ ސުޝްމީތާއަށް ވުރެ 15 އަހަރު ހަނގު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ.