English Edition
Dhivehi Edition

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު ވިދާޅުވީ ޕީޖީ ވަކިކޮށް އެ މަގާމަށް އިތުބާރު ހިފޭ ބޭފުޅަކު ގެންނަންޖެހޭ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި މައްސަލަތައް ލަސްވެ، ދިގުލައިގެން ދާތީ އެކަމާ ގުޅޭ ގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ ޖަލަށް ލާފައި ތިބި މީހުންނަށް ހުކުމް ކޮށްފައި ވަނީ އަދުލުވެރިކޮށް ނޫންކަމަށާއި މި މައްސަލަތަކަށް ހައްލު ގެންނަން ޖަލުތަކުގައި ތިބި އެންމެން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިއަދު ކޯޓުގެ ގޯސްވާހަކަ އާއި ކޯޓުގެ ފަނޑިޔާރުންގެ ގޯސްވާހަކަ ދެއްކުމުގެ ބަދަލުގައި ދައްކަންވީ ސަރުކާރުން ޖަލުތަކުގައި ތިބި މީހުން އަދާކުރުމުގެ ވާހަކަ ކަމަށެވެ. ޖާބިރު ވިދާޅުވީ ޑިމޮކްރެޓިކް ރައީސެއް ހުއްނަވާއިރު އަފޫނުކުރެވޭންވީ ސަބަބެއް ނެތް ކަމަށް ޖާބިރު ވިދާޅުވި އެވެ.