ޙަމަދު ސްކޫލްގެ ދަރިވަރުން ސ.އަތޮޅު ސްކޫލަށް ޒިޔާރަތްކޮށްފި
3 މަސް ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު (ސ. އަތޮޅު މަދަރުސާ)

ލ.އަތޮޅު ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުން ސ.އަތޮޅު ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

Advt

Advertisement

ހަމަދު ސްކޫލް ދަރިވަރުންގެ މައިދާނީ ދަތުރުގައި މި ދަރިވަރުން މިއަދު ސ.އަތޮޅު ސްކޫލުގެ އިތުރުން ހުޅުދޫ ސްކޫލް އަދި ޝަމްސުއްދީން ސްކޫލަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތުގައި ސ.އަތޮޅު ސްކޫލްގެ ފަރާތުން ވަނީ ހަމަދު ސްކޫލްގެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔައި، އެދަރިވަރުންގެ މެންދުރު ކެއުން ސްކޫލުން ހަމަޖައްސައިދީފައެވެ.

ހަމަދު ސްކޫލްގެ ފަރާތުން އޮފިޝަލަކު ވިދާޅުވީ ސ.އަތޮޅު ސްކޫލްގެ ފަރާތުން ލިބުނު މެހުމާންދާރީއަށް ވަރަށް ބޮޑަށް އުފާކުރާކަމަށެވެ. މީގެ އިތުރުން އެ ސްކޫލުގެ ފަރާތުން ވަނީ ސ.އަތޮޅު ސްކޫލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަނދާނީ ފިލައާއި ސ.އަތޮޅު ސްކޫލްގެ ފަރާތުން ޙަވާލުވީ އެ ސްކޫލްގެ ޓްރެވެލް އެންޑް ޓުއަރިޒަމް ކްލަބްގެ ނާއިބު ރައީސް ޔަޒިން ޖަލީލެވެ.

ސ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރުމަށްފަހު ހަމަދު ސްކޫލްގެ ދަރިވަރުން ވަނީ މަތިކިޅި އިކޯ ގާރޑެންއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ހަމަދު ސްކޫލްގެ އޮފިޝަލުންވަނީ ތަޢުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ، ޝަމްސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ވަހީދުއަށް އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފައެވެ.

ސ.އަތޮޅު ސްކޫލްގެ ފަރާތުން އެ ސްކޫލުގެ ބައެއް ޕްރިފެކްޓުން މިއަންނަ އޮގަސްޓް މަހުގެ 3ވަނަ ދުވަހު ލާމު އަތޮޅަށް ތަޖުރިބާ ދަތުރަކަށް ދާން ވަނީ ނިންމާފައެވެ.