English Edition
Dhivehi Edition

ރަޝިޔާގައި މިހާރު ކުރިއަށްދާ މުޒާހަރާގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ރަބަރު ވަޒަން ބޭނުން ކޮށްފިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރަމުންދާ މުޒާހަރާ އަކީ އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން ބައިވެރި ނުކޮށް ސަރުކާރު ހިންގާ ޕާޓީއިން އަންނަ ސެޕްޓެމްބަރުގައި ބާއްވާ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރާތީ އިދިކޮޅުން ބާއްވާ މުޒާހަރާއެކެވެ.

މުޒާހަރާގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާ މޮނީޓާ ކުރަމުންދާ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ މުޒާހަރާގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން 1،127 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މޮސްކޯގެ މޭޔަރު ބުނީ މުޒާހަރާގެ ސަބަބުން އެޤައުމުގެ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށާއި މުޒާހަރާތަށް ހުއްޓުވާ އަމާން މާހައުލެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ރަޝިޔާގައި އީޔެ ކުރި މުޒާހަރާގައި 20,000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޙަބަރު ލިބެ އެވެ.

ޓެގު