English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ދިރާގުން އެ ކުންފުނީގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައި އަނެއްބައި ޚިދުމައްތައްވަނީ މެދުކެނޑިފައެވެ. ދިރާގުން މިވަނީ އެ ކުންފުނީގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފައެވެ.

ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމާއި ގުޅޭ ގޮތުން ދިރާގުން ބުނީ، މި މަސައްކަތް ކުރިޔަށް ގެންދާއިރު ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދާއިރު ބުރޫނާރާނޭ ގޮތައް މަސައްކަތް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަށްވާނޭ ކަމަށެވެ.

ދިރާގުން ބުނީ މިހާރު އަޕްގްރޭޑް ކުރަމުންދާ ސިސްޓަމް ގައި އެކި އެކި މަރުހަލާތަކަށް ބެހިގެން ދާތީ ކުރިޔަށް އޮތް މަސްތަކުގައި ވެސް އެ މަސައްކަތް ކުރިޔަށް ދާނޭ ކަމަށެވެ.

ކުރިއެކޭ އެއްގޮތަށް މިހާރު ބޭނުންކުރެވޭ ދިރާގުގެ ޚިދުމަތްތަކުގެ ތެރޭގައި

•މޮބައިލް އެޑް އޮން އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
•މަމެން މޯބައިލް އެޕްގެ އިތުރުން
•ދިރާގު “މައި އެކައުންޓް”
•ދިރާގު މޮބައިލް އެޕް
•ދިރާގު ޕާޓްނާ ޝޮޕްތަކުން އާ މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
•ރީލޯޑް އަދި ރީޗާޖާ ގުޅޭ ޚިދުމަތް

ޓެގު