English Edition
Dhivehi Edition

އުއްތަރްޕްރަދޭޝްގެ އުމުރުން 24 އަހަރުގެ ސުނިލް ޗޯހަން ރޭލެއްގައި ދަތުރު ކޮށްފައި ދަނިކޮށް ވެއްޓި އޭނަގެ ބަނޑު ފަޅައިގެން ގޮސް ބޮޑު ގޮހޮރު ބޭރުވެފައި ވަނިކޮށް 2ގަޑިއިރުވަންދެން ހިނގާފައި ރެއިލްވޭ ސްޓޭޝަނާ ހަމައަށް ގޮސްފިއެވެ.

ސުނިލް މިދިޔަހޯމަ ދުވަހު ރޭލަށް އެރީ އޭނަގެ ބޭބެ އަކާއެކުގައެވެ. ހޯމަދުވަހުގެރޭ ސަންގަމިތްރާ އެކްސްޕްރޭސްގައި ބަލިއާ އިން ދަތުރުކުރަމުން އައިސް އަންދްރަޕްރދޭޝްގެ ރެއިލްވޭ ސްޓޭޝަން ފަސްދިންތަނުން ސުނިލް ރޭލްގައި ނިދަން އޮވެފައި ތެދުވީ ފާހާނާއަށް ދިޔުމަށެވެ. އެހެންނަމަވެސް ދޮރުކައިރީ ހުރި ޑަސްބިންކައިރީ މަޑުކުރިތަނާ ކުއްލިޔަކަށް ސުނިލް ރޭލުން ވެއްޓުނެވެ.

ސުނިލްއާ ހަވާލާދީ ޓީއައިއޯގައި ބުނެފައިވަނީ. އޭނަ ވެއްޓުމާއެކު ޖެހުނުގޮތަކުން ބަނޑު ފަޅައިގެންގޮސް ގޮހޮރުވަނީ ބޭރަށް ނިކުމެފައެވެ. އަދި ނިކުމެފައިވާ ގޮހޮރު މަޑުމަޑުން އެތެރެއަށް ލުމަށްފަހު ގަމީހުން ބަނޑު ބަނދެފައި ސުނިލްވަނީ ކަނު އަނދިރީގައި މަޑުމަޑުން ހިނގާފައި ދެން އެންމެ އަވަހަށް ޖެހެން އޮތް ރޭލްވެ ސްޓޭޝަނާހަމައަށް ހިނގާފައި ގޮސްފައެވެ. އެއީ ގާތްގަނޑަކަށް 9މޭލެވެ.

ސުނިލް އަށް ރެއިލްވޭސްޓޭޝަނާ ހަމައަށް ދަންވަރު 2ޖެހިފަހުން ދެވުނުއިރު އެތާގައި ހުރި ސެކިއުރިޓީ ފުލުހަކަށް ފެނިގެން ވަގުތުން އޭނާހޮސްޕިޓަލަށް ގެންދެވުނެވެ. އޮޕްރޭޝަނަށްފަހު ސުނިލްގެ ހާލު މަޑުމަޑުން ރަނގަޅު ވަމުން އައިނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް ކަމަށް ޑޮކްޓަރު ބުނެއެވެ.