ރާއްޖޭގައި ހިންގާ ރިސޯޓްތަކުގައި ރަލާއި އޫރުމަސް ވިއްކުން މަނާކުރާ ޤަރާރު މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ޤަރާރެކެވެ.
ޖާބިރުގެ ޤަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ޤާނޫނު އަސާސީއާ ޤާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ވިއްކަން ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.
އެ ޤަރާރު މަޖިލީހުން ބޭރުކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ޤަރާރަށް ބަހުސް މަރުހަލާގައި ވާހަކަދެއްކެވީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ. އަދި އެ ޤަރާރު ބަލައިގަންނަން ކަމަށް 8 މެންބަރަކު ވޯޓު ދެއްވި އެވެ.