English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު / ޝަމްސުއްދީން ސްކޫލް

ޝަމްސުއްދީން ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިދިޔަ ހޯމަދުވަހު ހަވީރު، މީދޫ ފުޓްބޯޅަ ދަނޑުގައި ބާއްވައިފިއެވެ.

3 އުމުރު ފުރާއަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނާރ އަޕް ޓީމަށް އަދި އެކިއެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި މެޑަލް ހަވާލުކޮށްފައިވަނީ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

13 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކަށް މަޖުދުއްދީން ހައުސް ހޮވިފައިވާއިރު، އެ އުމުރުފުރާގެ ރަނަރ އަޕް ޓީމްގެ މަޤާމް ހޯދާފައިވަނީ ބަހާއުއްދީން ހައުސްއެވެ.

9 އަހަރުން ދަށުގެ ޗެމްޕިއަން ޓިމަކަށް ބަހާއުއްދީން ހައުސް ހޮވުނުއިރު، މި އުމުރުފުރާގެ ރަނަރއަޕް ޓިމަކަށް ހޮވިފައިވަނީ ފަޤީހު މޫސާ ހައުސްއެވެ.

މި މުބާރާތުގެ 7 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީ ހާފިޒު އިބުރާހިމް ހައުސް އަދި މި އުމުރުފުރާގެ ރަނަރ އަޕް ޓީމަކަށް ހޮވިފައިވަނީ މަޖުދުއްދީން ހައުސްއެވެ.

13 އަހަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ކީޕާރގެ މަޤާމު މަޖުދުއްދީން ހައުސްގެ މުހައްމަދު މާޒިން ހޯދިއިރު މި އުމުރު ފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މަޖުދުއްދީން ހައުސްގެ ހަސަން ޒާމިލްއެވެ.

9 އަހަރުން ދަށުގެ އުމުރު ފުރާގެ ބައިން އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ބަހާއުއްދީން ހައުސްގެ ހުސެން ނަބުހާން ސައީދެވެ. މި އުމުރުފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަހާއުއްދީން ހައުސްގެ މުހައްމަދު ޝައްޔާން ސައީދު އެވެ.

7 އަހަރުން ދަށުގެ އުމުރު ފުރާގެ ބައިން އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ މަޖުދުއްދީން ހައުސްގެ މުހައްމަދު ޔައިޝް ރިޔާޒު އެވެ. މި އުމުރުފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ހާފިޒު އިބުރާހިމް ހައުސްގެ އަހުމަދު އަޒަމް އިލްހާމް އެވެ.