English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ތަފާތު މުއައްސަސާތަކުގައި މަސައްކަތް ކުރާގޮތުގެ މައުލޫމާތު ހޯދުމަށާއި އަމަލީ ގޮތުން އެމުއައްސަސާތަކުގައި މަސައްކަތް ކުރައްވާގޮތް ބެލުމަށްޓަކައި ހުޅުދޫސްކޫލްގެ ކީސްޓޭޖުގެ 2 ގެ ދަރިވަރުން ތަފާތު މުއައްސަސާތަކަށް މައިދާނީ ދަތުރެއް މިހަފުތާގެ ހޯމަ ދުވަހު ކޮށްފިއެވެ.

އެގޮތުން ދަރިވަރުންވަނީ ސ.ހިތަދޫގެ ފަޔާރ ސްޓޭޝަން،ވެމްކޯ އަދި ސަރަހައްދީ ބަދަރަށް ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން ސ.ގަން މެޓްއޮފީހަށް ޒިޔާރަތްކޮށް މޫސުމާއި ބެހޭ ތަފާތު މައުލޫމާތު ދަރިވަރުން ހޯދިއެވެ. އެގޮތުން މެޓް އޮފީހުގައި ބޭނުންކުރާ ތަފާތު އާލާތްތައް ބަލާ އޭގެ ބޭނުން ކުރާގޮތުގެ މައުލޫމާތުވެސް ދަރިވރުން ހޯދިއެވެ.

އަދި ދަރިވަރުންވަނީ މިތަންތަނަށް ޒިޔާރަތްކޮށް މަސައްކަތް ކުރާގޮތް ބަލާ އަމަލީގޮތުން އެމުއައްސަސާތަކުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މި މައިދާނީ ދަތުރު ނިންމާލީ ސަދަންމޯސްޓް ޕޮއިންޓަށް ޒިޔާރަތްކޮށް ފޮޓޯ ސެޝަނެއް ބޭއްވުމަށްފަހުގައެވެ.

މި މައިދާނީ ދަތުރުގެ މައިގަޑު މަޤުސަދަކީ ، ކަންކަން ބަލާ ހޯދާ ދިރާސާކުރުމަށް ދަރިވަރުންނަށް ފުރުސަތު ދިނުންކަމަށް ލީޑިންގ ޓީޗަރ އައިޝަތު މިލްޒާ ވިދާޅުވިއެވެ.