English Edition
Dhivehi Edition

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ،  މި މަހުގެ 18 ވަނަ ދުވަހު  އޭނާގެ 37 ވަނަ އުފަން ދުވަސް ފާހަނގަކޮށްފައިވާއިރު ގިނަ ބަޔަކުވަނީ ސޯޝަލް މީޑިއާގައިވެސް އޭނާއަށް އުފަންދުވަހުގެ ތަހްނިޔާ ކިޔާފައެވެ. އެހެންނަމަވެސް މިއިން އެއްވެސް މެސެޖަކަށް ޕްރިޔަންކާ ޖާވާބުދީފައި ނުވާތީ ގިނަ ބަޔަކުވަނީ އޭނާއަށް ފާޑުވެސް ކިޔާފައެވެ.

އެހެންނަމަވެސް އެންމެ ފަހުން އޭނާވަނީ އުފަންދުވަހުގެ މެސެޖްތަކަށް ޖަވާބު ނުދެވުނު ސަބަބު ހިއްސާކޮށް، އޭނާއަށް ތަހްނިޔާ ފޮނުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ އުފަންދުވަހުގެ ތަހްނިޔާތަކަށް.މިހާލަހުން މެސެޖްތަކަށް ޖަވާބުދެވުނީތީ މައާފަށް އެދެން. މި ދުވަސްކޮޅު ޓެކްނޮލްޖީ އާއި ވަރަށް ދުރުގަ މިއުޅެނީ” ޕްރިޔަންކާ ބުންޏެވެ. މީގެ އިތުރުން ޕްރިޔަންކާ ބުނީ މިހާރު އޭނާ އެބުރި އައިސްފައިވާކަމަށާއި ބެލުންތެރިންގެ ލޯތްބަތް ޝުކުރުވެރިވާކަމަށެވެ.

މިދިޔަ ހަފުތާގައި މަޔާމީގައި ޕްރިޔަންކާ ހޭދަކުރި ޗުއްޓީ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް މީޑިއާގައި ދައުރުވެފައިވާއިރު މިކަމާއި ގުޅިގެން ޕްރިޔަންކާ އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.