English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްއޭ ގެ ގަވަރުނަރު ނަސީރުގެ އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުންވެސް ކަށަވަރުކޮށްދެއްވާފައިވާއިރު، ނަސީރު ވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ހެނދުނު އެމްއެމްއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

ނަސީރު އިސްތިއުފާ ދެއްވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ.މި ގޮތުން ނަސީރުގެ މައްޗަށް ވަނި އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލަ ނުފޮނުވަން އެންގެވީ ވެސް ނަސީރުކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހައިޕްރޮފައިލް ބޭފުޅުންގެ މައްސަލަތައް ނުފޮނުވުމަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު އަށް އެންގެވި ކަމަށްވެސް އަޝްރަފުވަނީ އްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގަ އެވެ.