English Edition
Dhivehi Edition

އިންޑިއާގެ ކޮލްކަޓާ ހޮސްޕިޓަލަށް މިދިޔަ ހޮނިހިރުދުވަހު ވިހަންދިޔަ އަންހެނެއްގެ ފިރިމީހާ ކަމަށާއި އޭނަގެ ބަނޑުގައިވާ ތުއްތުކުއްޖާގެ ބައްޕަކަމަށް ބުނެ 3 ފިިރިހެނަކު ހޮސްޕިޓަލަށް ގޮސް މައްސަލަ ޖައްސައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “ޓީއައިއޯ” ގައި ބުނެފައިވަނީ، އުމުރުން 21 އަހަރުގެ އަންހެން މީހާ ކޮލްކަޓާގެ އައިރިސް ހޮސްޕިޓަލަށް ދިޔައީ ވިހާދުވަސް ޖެހުމާއެކުއެވެ. އަދި އެއަންހެން މީހާ އާއެކު ވިހަން ހޮސްޕިޓަލަށް ދިޔައީ އޭނަގެ މަންމައާއި އިތުރު ފިރިހެނެކެވެ. އެފިރިހެންމީހާވަނީ ވިހެއުމުގެ ހުރިހާކަމެއްގައި ފިރިމީހާ ކަމަށް ބުނެހުރިހާ ލިޔެކިޔުމެއްގައި ސޮއިވެސް ކޮށްފައެވެ.

ހޮސްޕިޓަލާއި ހަވާލާދީ ޓީއައިއޯ ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާ އެޑްމިޓް ކުރިތާ ދެވަނައަށްވީ ދުވަހު އަންހެންމީހާ ސިޒޭރިއަންއަށް ތިއޭޓަރަށްވައްދާފައިވަނިކޮށް އެހެން ފިރިހެނަކު ވަނީ ހޮސްޕިޓަލަށް ގޮސްއޭނައަކީ ކުއްޖާގެ އަސްލު ބައްޕަކަމަށް ބުނެ މައްސަލަ ޖައްސާފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލުގެ ނަރުހުން ވަނީ ކުއްޖާގެ ބައްޕަވަނީ ލިޔެކިޔުމުގައި ސޮއިކޮށްފައި ކަމަށް ބުނެ އޭނަ ހޮސްޕިޓަލުން ބޭރަށް ފޮނުވާލާފައެވެ. އިރުކޮޅެއްފަހުން ތިންވަނަ ފިރިހެނަކުވަނީ ހޮސްޕިޓަލަށް ވަދެ ތިމަންނައަކީ ވިހަންއުޅޭ ކުއްޖާގެ ބައްޕަކަމަށް ބުނެ އަޑުގަދަކޮށްފައެވެ.

މިތިން ފިރިހެނުންވަނީ މިމައްސަލައާހެދި ހޮސްޕިޓަލްގައި އަދުގަދަކޮށް ޒުވާބުކޮށްފައެވެ. އަދި ހޮސްޕިޓަލުންވަނީ މިމައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

މިހާދިސާއާގުޅިގެން ފުލުހުން ބުނީ، މިތިންމީހުންނާ ވާހަަކަ ދައްކާފައި ކައިވެނީގެ ސެޓްފިކެޓްގެންނަން ބުނެފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުން ފުރަތަމަ އައިމީހާ ވަނީ އޭނައަކީ އަންހެންމީހާގެ އެކުވެރިއެއްކަމަށް ބުނެފައި ކަމަށާއި ދެވަނަމީހާ ވަނީ ފުލުހުންގެ އެދުމުގެ މަތިން ކައިވެނީގެ ސްޓްފިކެޓް ހިފައިގެން އައިސް އެނައަކީ އަސްލު ފިރިމީހާ ކަަން ސާބިތު ކުރަން މަސައްކަތް ކޮށްފައެވެ. ތިންވަނަމީހާ ވަނީ ދެވަނަމީހާ އެހަދަނީ ދޮގުކަމަށް ބުނެ ފުލުހުންކައިރީ މައްސަލަޖައްސާފައެވެ. މިތިން މީހުންގެ މައްސަލަ ހައްލު ކުރުމަށް ފުލުހުން އެންމެ ފަހުން ނިންމީ އަންހެންމީހާ ތިއޭޓަރުން ނެރުމުން އޭނަލައްވާ އަސްލު ފިރިމީހާ ޔަގީން ކުރުމަށެވެ.

އަންހެންމީހާ ތިއޭޓަރުން ނެރެގެން ވޯޑަށް ބަދަލު ކުރުމާއެކު ފުލުހުން ވަނީ މިތިންމީހުން ގޮވައިގެން ގޮސް އަންހެންމީހާ ކައިރިން އަސްލުފިރިމީހާ އޮޅުންފިލުވާފައެވެ. ފުލުހުން ބުނީ އަންހެންމީހާ އޭނަގެ ފިރިމީހާ ކަމަށް ބުނީ ދެވަނަފިރިހެންމީހާ އެވެ. އޭނައަކީ ކައިވެނީގެ ސެޓްފިކެޓް ހިފައިގެން ހޮސްޕިޓަލަށް ދިޔަމީހާއެވެ. މީގެ އިތިރުން އަންހެންމީހާ ބުނެފައިވަނީ އޭނައާއި ފިރިމީހާ ރައްޓެހިވެގެން އުޅެފައި ކައިވެނި ކުރަން އެދުމުން ނުކުރުމުން ރޭޕްގެ ތުހުމަތު ކޮށް ފުލުހަށް މައްސަލަ ޖެއްސުމުން އޭނަ ޖަލުގައި އޮވެފައި އައިސް ދެމީހުން ކައިވެނި ކުރިކަމަށެވެ. އެހެން ނަމަވެސް ދެ އާއިލާވެސް ކައިވެންޏަށް ނުގަބޫލު ވުމުން ދެމީހުން ފަހުން އުޅެމުން އައީ ވަކިންކަމަށް އެއަންހެން މީހާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ.

ފުލުހުންބުނީ އެއަންހެން މީހާ ވިހެއި ކުއްޖާގެ ބައްޕަ އަކީ ހޮސްޕިޓަލަށް ދެވަނައަށް އައި މީހާކަމަށާއި އަންހެންމީހާގެ އަސްލު ފިރިމީހާ ކައިވެނީގެ ސެޓްފިކެޓުން ދައްކާތީ އެމައްސަލަ ހައްލުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އަނެއް ދެފިރިހެނުން އެތުއްތު ކުއްޖާގެ ބައްޕަކަމަށް ދައުވާ ކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.

މިހާދިސާ ހިނގާފައިވާ ހޮސްޕިޓަލުން ޓީއައިއޯ އަށް މައުލޫމާތި ދެމުން ބުނެފައިވަނީ ފާއިތުވެދިޔަ 6އަހަރުތެރޭގައި ވެސް އެ ހޮސްޕިޓަލްގައި މިފަދަ ހާދިސާއެއް ހިނގާފައިނުވާ ކަމަށެވެ.