English Edition
Dhivehi Edition

މިހާރު މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެންދާ ރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންގެ އަޚުލާޤީ މައްސަލަތަކާއި ގުޅިގެން އެ ޓީމުން ބައެއް ކުޅުންތެރިން ވަކިކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ބުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯ ބެލިބެލުމުން އެއީ މިހާރު އައްޑޫސިޓީ ގައި ކުރިއަށްދާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަން އެނގިފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ އެ ވީޑިއޯ އަކީ މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައި ވާދަ ކުރި ޓީމުގެ ތެރޭގައި ހިނގާދިޔަ ކަމެއް ކަމަށެވެ. މިއަދު އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ “އެކަމާ ގުޅުން ހުރި ކުދިންތަކެއް ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނޭތީވެ އެ ކުޅުންތެރިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް،” އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.