English Edition
Dhivehi Edition

“ކޮބާ ނުވިއެއްނު” މި ނަމުގައި އިދިކޮޅު ކޯލިޝަނުން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އޮގަސްޓު މަހުގައި ބާއްވާ ބޮޑު އެއްވުމަށް މިހާރުއްސުރެ ކޯލިޝަނުން ވަނީ ތައްޔާރުވާން ފަށާފައެވެ.

އިދިކޮޅު ފަރާތްތަކުން ޓުވިޓާގައި ބޮޑު ޖަލްސާގެ ނަން ބޭނުން ކޮށްގެން ޕްރޮމޯޓް ކުރަމުން ދާއިރު އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ރޭ 20:30ގައި އަލިމަސް ކާނިވަލުގައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ އެންމެ ފަހުން ކާނިވަލްގައި ބޭއްވި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެއްވުމުން ސަރުކާރަށް ވަރަށް ބޮޑަށް އަސަރު ކޮށްފިކަމަށާއި އަނެއްކާވެސް ބޮޑު އެއްވުމެއް އަންނަ މަހު އެއް ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

އިދިކޮޅުން ބާއްވާ އެއްވުން ތަކުގައި މީހުން އިތުރުކަން ދެއްކުމަށް ފޮޓޯތަށް އެޑިޓްކުރާކަން ގިނަ ފަރާތްތަކަކަކުން މީސްމީޑިޔާގައި ދަނީ ފާހަގަ ކުރަމުންނެވެ. އަދި ގިނަ ފަރާތްތަކަކުން ދަނީ އެކަމަށް ފާޑު ވެސް ކިޔަމުންނެވެ.