ތިން އަހަރަށް ފަހު މޮރޮކޯގެ ކޯޗު އިސްތިއުފާ ދީފި
3 މަސް ކުރިން
ޝާން މުޙައްމަދު

ތިން އަހަރަށްވުރެ ގިނަ ދުވަސް ފަހުން މޮރޮކޯގެ ކޯޗު ފްރާންސްގެ ހާވް ރެނާޑް މަޤާމުން އިސްތިއުފާ ދީފި އެވެ.

ރެނާޑް އިސްތިއުފާ ދިނީ ދާދިފަހުން މިސްރުގައި ނިމުނު އެފްރިކަން ކަޕްގެ ދެ ވަނަ ބުރުން ބެނިން އަތުން ބަލިވުމުން ނެވެ. ނަމަވެސް އޭނާ ވަނީ ޒެމްބިއާގެ އިތުރުން އައިވަރީ ކޯސްޓަށް އެފްރިކާ ކަޕް ކާމިޔާބުކޮށްދީފަ އެވެ.

Advt

Advertisement

ރެނާޑް މޮރޮކޯގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ ފެބުރުއަރީގަ އެވެ. 1998 ވަނަ އަހަރަށް ފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުވެސް ކުޅެފައި ވަނީ ރެނާޑް ގެ ކޯޗުކަމުގެ ދައުރުގައި މިދިޔަ އަހަރުގައި އެވެ. ބަލިވި ކަމުގައި ވިޔަސް މި ފަހަރުގެ އެފްރިކަން ކަޕަށް މޮރޮކޯ ގޮވައިގެން ރެނާޑް ނިކުތީ ސީދާ ތައްޓަށް އަމާޒުކޮށެވެ.

ފްރާންސް އަށް އުފަން އުމުރުން 50 އަހަރުގެ ރެނާޑް އެފްރިކާގެ ޓީމަކަށް ފުރަތަމަ ހަވާލުވީ 2008 ވަނަ އަހަރުގައެވެ. އެގޮތުން ރެނާޑް ފުރަތަަމަ ކޯޗުކަންކޮށްދިނީ ޒެމްބިއާ އަށެވެ. ފުރަތަމަ ހަތަރު އަހަރުގައި ރެނާޑް އެހާ ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް އޭގެ ފަހުގައި ރެނާޑް ފާހަގަ ކުރެވެނީ އެފްރިކާގެ ޤައުމުތަކަށް ތާރީހީ ކާމިޔާބީ ހޯދައިދިން ކޯޗަކަށެވެ.