ސ.އަތޮޅު ސްކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުން ހުވައިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
3 މަސް ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު (ސ.އަތޮޅުމަދަރުސާ)

ސ.އަތޮޅު ސްކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުން ހުވައިކޮށް، ހަތިޔާރާއި ޙަވާލުވެ، މަޤާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Advt

Advertisement

ރޭ 8:30ގައި ފެށުނު މި ރަސްމިއްޔާތު އޮތީ ސ.އަތޮޅު ސްކޫލްގެ ހޯލުގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެމް.އެން.ސީ.ސީގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް އިޝާން އެވެ.

ރޭގެ ރަސްމިއްޔާތުގައި މުޅި ޖުމުލަ 74 ދަރިވަރުން ސީނިއަރ ކެޑޭޓްކަމުގެ ހުވައިކޮށްފައިވާއިރު، 16 ދަރިވަރުންނަކީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނެވެ. މިއީ ސ.އަތޮޅު ސްކޫލްގެ ބޭންޑް އިފްތިތާޙުކުރެވުނު ފުރަތަމަ ފަހަރެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސ.އަތޮޅު ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވިދާޅުވީ ކެޑޭޓް ޙަރަކާތަކީ ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމަށް ވަރަށް މުހިންމު ޙަރަކާތެއް ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ މުސްތަޤްބަލަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށެވެ.

މި ރަސްމިއްޔާތުގައި އަލަށް ކެޑޭޓް ހަރަކާތާއި ގުޅުނު ދަރިވަރުންނަށް ހުވާލައިދެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަދި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ލެފްޓިނެންޓް އަލުސްތާޛު ހުސެއިން ހަބީބެވެ.

 

ވެސް ހަވާލުކޮށްފައެވެ. ހަތިޔާރު މީގެ އިތުރުން ހުވައިކުރި ދަރިވަރުންނަށްވަނީ ހަތިޔާރުހަވާލުކޮށްފައިވަނީ އެމް.އެން.ޑީ.އެފްގެ ބޭކަލުންނެވެ.

 

4ކަށް މަޤާމްގެ ކުރިއެރުން ދީފައިވެއެވެ. އެގޮތުން ދަރިވަރަ 6މި ރަސްމިއްޔާތުގައި ދަރިވަރުންނަށްވަނީ 2ދަރިވަރުންވަނީ ޕްރައިވެޓެއްގެ މަޤާމުން ލާންސް ކޯރޕްރަލް އަދި 6ކޯރޕްރަލްގެ މަޤާމަށް ކުރިއެރުން ލިބިފައެވެ. މި ޓްގެ މަޤާމުންޕްރައިވެދަރިވަރުންނަކީވެސް ސ.އަތޮޅު ސްކޫލްގެ ކެޑޭޓުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާން އެމް.އެން.ސީ..ސީގެ ންނަށް އަގުހުރި ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް އިޝާން ސަރ ވަނީ ކެޑޭޓުނަސޭހަތް ދެއްވާފައެވެ. ހަމައެހެންމެ ކެޑޭޓުންނަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވައި، ސަރުކާރުން ކެޑޭޓަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދެއްވާފައެވެ.

ވަނީ ރޭގެ ހަފްލާގައި ކެޕްޓަން މުހައްމަދު ހާފިޒު އަދި ކެޕްޓަން ސަލްމާވެސް ބައިވެރިވެފައެވެ.

އަހަރުވަންދެން އޮތުމަށްފަހު ހުވައިކުރި 5މިއީ ސ.އަތޮޅު ސްކޫލްގެ ކެޑޭޓް މެދުކެނޑިފައި ސ.އަތޮޅު ސްކޫލްގެ ކެޑޭޓަށް އައު ހިތްވަރެއް ލިބި މިކަން ފެށުމަށް ފުރަތަމަ ފަހަރެވެ. ، 2ސަރ ގްރޭޑް އެހީތެރިކަން ވެދެއްވި ކަމަށްޓަކައި އެމް.އެން.ސީ.ސީ ވޮރަންޓް އޮފިމުހައްމަދު ސާދިމަށް ސްކޫލުންވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.