English Edition
Dhivehi Edition
ފޮޓޯ: ލުބްނާ / އޭއޯ ނިއުސް

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުންގެ އިޤުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު އިއްޔެ އެ ސްކޫލުގައި ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

ޝަމްސުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި އެ ރަސްމިއްޔާތުގައި 10 ދަރިވަރުން ވަނީ އިޤުރާރުވެފައެވެ. އަދި ޖުމްލަ 42 ދަރިވަރުން ވަނީ މި ހަފުލާގައި އަޒުމް އާކޮށްފައެވެ. މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭ ޤައުމީ ކެޑޭޓްކޯގެ ޑިރެކްޓާރ ޖެނެރަލް ބުރިގޭޑިއާރ ޖެނެރަލް އަހުމަދު އިޝާންއެވެ.

ޖޫނިއާރ ކެޑޭޓުންގެ އިޤުރާރުވުމުގެ ރަސްމިއްޔާތުގައި ކެޑޭޓް ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވަނީ މަގާމްގެ ސޭޝް ހަވާލުކޮށްފައެވެ. އެގޮތުން ކެޑޭޓް ލީޑަރގެ މަގާމު ޙާޞިލުކޮށްފައިވަނީ މުހައްމަދު ނަބުހާން އަހުމަދު ޖާބިރުއެވެ. ބޭންޑް ލީޑަރގެ މަގާމް ޙާޞިލުކޮށްފައިވަނީ މުހައްމަދު ރާހިލް ރިއްފަތުއެވެ. މި ރަސްމިއްޔާތުގައި ސްކޫލުގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޞިލު ސުލްތާން ރާމިޒެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި ސްކޫލްގައި ކެޑޭޓް އަދި ބޭންޑު ހަރަކާތްތައް ހިންގަމުންއައިގޮތާއި މެދު ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުން ކުރާ ހުވައާއި ބެހޭގޮތުން ޝެއިޙް މުހައްމަދު ތައްޔިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިހުވާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުމަށްވެސް ޝެއިހް ނަސޭހަތްތެރިވިއެވެ.

މިހަފްލާގެ ޝަރަފްވެރި މެހެމާނު، ދިވެހިރާއްޖޭ ޤައުމީ ކެޑޭޓްކޯގެ ޑިރެކްޓާރ ޖެނެރަލް ބްރިގޭޑިއާރ ޖެނެރަލް އަހުމަދު އިޝާން ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކެޑޭޓް ހަރަކާތްތަކަކީ ދިރިވަރުންގެ ކުރިމަގު ބިނާކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ އިތުރުހަރަކާތެއް ކަމަށެވެ. އަދި ހަމަ އެހެންމެ ދަރިވަރުންނަކީ މުޖްތަމުއަށް ފައިދާހުރި ފަރުދުންތަކެއްކަމަށް ހެދުމަށް މިއީ ވަރަށް ފައިދާހުރި ހަރަކާތެއް ކަމަށެވެ.