English Edition
Dhivehi Edition

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019’ ގައި ބައިވެރިވުމަށް ކުދި އަދި މެދު ފަންތީގެ ވިފަރާރިތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

1 އޯގަސްޓް 2019 އިން 03 އޯގަސްޓް 2019 ގެ ނިޔަލަށް އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ފަހި ފުރުޞަތުތަކެއް ހޯދައިދިނުންކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްއިންވަނީ ބުނެފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ޓައިޓެން މޯލްޑިވްސް އާއި އެކު ހެދިފައިވާ ޕާޓްނަރޝިޕްގެ ދަށުން މި ފުރުސަތު ލިބިގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 10 ފަރާތަކަށް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްއިންވަނީ ބުނެފައެވެ. އަދި މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ ރަޖިސްޓްރީކުރާ ތަރުތީބުންކަމަށް އެ ކޯޕަރޭޓިވް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްއިންކޮށްފައިވާ އިއުލާންގައި ބުނީ މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 21 ޖުލައި 2019 އިން ފެށިގެން 25 ޖުލައި 2019 ގެ 14:00ގެ ނިޔަލަށް، ސަކީނާ މަންޒިލް، 3ވަނަ ފަންގިފިލާގައި ހުންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮފީހުންނާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންކަމަށެވެ.