ރޭގެ މެޗުން ބަޔާން މިއުނިކާ 3-1 ގެ ތަފާތުން ރެއަލްމެޑްރިޑް ބަލިކޮށްފި
3 މަސް ކުރިން
ޝާން މުޙައްމަދު

ރޭ ފަތިހު ކުޅުނު ޗެމްޕިއަންޝިޕް ކަޕުގައި ޖަރުމަންވިލާތުގެ ޗެމްޕިއަން ބަޔާން މިއުނިކާ 3-1 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ބަލިކޮށްފިއެވެ. މި މެޗަކީ ރެއަލްމެޑްރިޑް އިން ވަރަށް އުއްމީދާ އެކު ކުޅުނު މެޗެކެވެ.

ރޭގެ މެޗުން ރިއަލްމެޑްރިޑް ބޮޑު ތަފާތަކުން ބަލިވިއިރު ނިމިދިޔަ ސީޒަނަށްފަހު އެ ޓީމުން ގެންދިޔައީ ޓީމަށް ބޭރުން ކުޅުންތެރިން ތަކެއް ގެނެސް ޓީމު ވަރުގަދަ ކުރަމުންނެވެ. އެކުލަބުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ އަގު ބޮޑުކޮށް ގެނައި އެޑެން ހަޒާޑުއެވެ. އަދި މިއީ އޭނާ ހިމަނައިގެން ކުޅުނު ފުރަތަމަ ވެސް މެޗެވެ.

Advt

Advertisement

ރޭގެ މެޗުގެ ފުރަތަމަ ތިން ލަނޑުވެސް ބަޔާނުން ޖަހާފައިވާއިރު އެކުލަބަށް ލަނޑުތައް ޖަހައިދިނީ ގްނާބްރީ، އަދިޓޮލީސޯ އާއި ލެވެންޑޯސްކީ އެވެ. އަދި ރެއަލްމެޑްރިޑްގެ ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނަޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ.

28 އަހަރުގެ ހަޒާޑު ރެއަލްމެޑްރިޑަށް ބަދަލުވީ 115 މިލިއަން ޕައުންޑް (145 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ކުރިން ކުޅުނީ ޗެލްސީ އަށެވެ. ހަޒާޑު ބުނީ ރެއަލްމެޑްރިޑަކީ އޭނާގެ ހުވަފެނީ ކްލަބުކަމަށެވެ.