English Edition
Dhivehi Edition

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ރިސޯޓް ޕާރޓްނަރަކަށް ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާއިން ސޮއި ކޮއްފި އެވެ.

ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ފިލިއްޕެ ކްލެވަރޮޓް އެވެ.

އަދި ޓައިޓަން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން އެވެ.

” ޝަންގްރިއްލާސް ވިލިނގިލި ރިސޯޓު އެންޑް ސްޕާ އިން ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަށް އުފަލާއެކު އެހީތެރިވެ އެބާރުލުން ދޭނަން، އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކާއި ގުޅި ލާމެހުމަކީ ދެކުނުގައި ފަތުރުވެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ވަރަށް މުހިއްމު ކަމެއް، މި ބިޒްނަސް އެކްސްޕޯއިން ރާއްޖޭގެ ދެކުނު ސަރަޙައްދު ރާއްޖެއާއި ބޭރުގެ ފަރާއްތަކަށް ޝޯކޭސް ކުރޭވޭނެ” ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަންގްރިއްލާސް ވިލިނގިލި ރިޒޯޓް އެންޑް ސްޕާގެ ރެސިޑެންސް މެނޭޖަރ މިސް މެއި ޕީ. ޕުން ވިދާޅުވިއެވެ

“އެކްސްޕޯ ބޭއްވުމަށް ޓައިޓަން އިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން، އަޅުގަނޑުމެންގެ ޕާޓްނާރސް އިންވެސް ދަނީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރުވަމުން، އަޅުގަނޑުމެން މީތި ބާއްވާނީ ވަރަށް ގްރޭންޑްކޮށް، އެކްސްޕޯ ހުށަހަޅައި ދިނުމާއި ޕްރޮމޯޓް ކުރުމުގައި 2003 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތިން ވަނަ ހޯދި ސާބިއާގެ ސަންޖާ ޕެޕިކް ބައިވެރި ވާނެ، ބޭރުގެ މީޑިއާތަށް ހަރަކާތްތެރިވާނެ، މި އެކްސްޕޯއިން އައްޑޫއާއި ދެކުނުގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދުމަށް ފުރުޞަތު ލިބޭނެ، އެވަރުގެ އެކްޕޯޝަރ އަކަށް މި އެކްސްޕޯ ވެގެންދާނެ” އެކްސްޕޯއާއި ބެހޭގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޒީނަތު ވިދާޅުވިއެވެ.

ބިޒްނަސް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 1-3 އަށް ގަމުގެ އީކްއޭޓަރ ވިލެޖްގެ ބުލޫ ލެގޫންގައެވެ.